23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަމީތު ހައްޔަރު ކުރުން

މެންބަރު އަމީތު ހައްޔަރުކޮށްފި

 • އަމީތު ހައްޔަރު ކުރީ ގޭގައި ހުންނަވަނިކޮށް ފުލުހުން ގޮސް
 • އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައި
 • މެންބަރުން މަޖިލީހަށް ވަދެފައިވާ މައްސަލަ ގެންދަނީ ތަހްގީގުކުރަމުން
އާމިނަތު ނުޒުހާ | nuzu8121

| 27 ޖުލައި 2017 | ބުރާސްފަތި 21:43 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
 7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
 8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު -- ޓްވިޓަރ

މަޑުއްވަރީ ދާއިރާގެ މެނަބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަމީތު ހައްޔަރު ކުރީ އޭނާ ގޭގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ގޮހެވެ.

އަމީތު ހައްޔަރުކޮށްފައިވާއިރު މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ. 

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ،  ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީއެވެ.

އަމީތު ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ " ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532 ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާއި ހެކިންގެ ހެކިބަހެވެ.

އަމީތު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އަމީތުގެ ގޮނޑި ގެއްލުނު ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް