23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ގައިދީން ތަކަކަށް އަނިޔާލިބުން

މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!

  • ގައިދީންގެ ގައިގައި ތަޅާ އަނިޔާކޮށްފައި ހުރި ނިޝާތައް ހުރީ ފެންނަން
  • މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ގައިދީއަކަށް ވަރަށް ބޮޑަށް އަނިޔާވި
  • ގައިދީއަކަށް އަނިޔާލިބިފައިވާކަން އެނގިފައިވާ ނުވާކަމަށް ކަރެކްޝަނުން ބުނޭ
އަމިނަތް ނުޒުހާ | Nuzuha

| 27 ޖުލައި 2017 | ބުރާސްފަތި 17:32 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި -- ރާއްޖެއެމްވީ

ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ގައިދީން ތަކަކަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވަނީ އަނިޔާވި ބައެއް ގައިދީންނަށް ދީފައިވާ އަނިޔާތައް އެނގޭނެހެން ހުރި ފޮޓޯތަކެއް ޓްވީޓް ކުރައްވާފައެވެ. އަދި އޭގެ އިތުރު ފޮޓޯތަކެއް ވަނީ މީޑިއާއަށްވެސް ލިބިފައެވެ.

 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެއްޗަކުން ތަޅާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި ބައެއް ފޮޓޯތަކުގައި ހަށިގަނޑުގެ ބައެއް ތަންތަނުގައި ޒަޚަމްތަކެއް ފެންނާން ހުއްޓެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން ތިން މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

 

މި ހަމަނުޖެހުމުގައި ކަރެކްޝަންސް އޮފިސަރަކަށްވެސް ވަނީ އަނިޔާވެފައެވެ. އޭނާގެ ތުންފަތް ފަޅައިގެންގޮސް، ކަރަށް ވެސް ޒަޚަމަތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

 

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ، ގައިދީންތަކަކަށް އަނިޔާލިބުނުކަން އެނގިފައި ނުވާކަމަށެެވެ. އެހެންނަމަވެސް ޖަލު ބަލަހައްޓާ އޮފިސަރަކަށް އަނިޔާވެ އޭނާއަށް ފަރުވާދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ގައިދީންތަކަކާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގީ އަންގާރަދުވަހުގެރޭގެ ވަގުތެއްގައެެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްވެ، އާންމު ހާލަތަށް ގެނެވިފައި ވަނީ މެންދުރު ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ގައިދީންތަކާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ގައިދީންތަކަކާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްވެ، އާންމު ހާލަތަށް ގެނެވިފައި ވަނީ ބުދަ ދުވަހުގެ މެންދުރު ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް