20 ސެޕްޓެންބަރ 2017 | ބުދަ | އުތުރަ 14

ވެސްޓްހަމްއާ އެކު މެޑިކަލް ހެދުމަށް ހާޓް ތައްޔާރުވެއްޖެ

  • ހާޓް ވެސްޓްހަމްއަށް ބަދަލުވާން އުޅެނީ ލޯން އެއްބަސްވުމެއްގެ ދަށުން
  • ހާޓް ވަނީ ސިޓީއާއެކު 2019 އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައި

| | | MrLeevaan | |



ސިޓީ އަށް ކުޅެމުން އަންނަ ޖޯ ހާޓް -- ފޮޓޯ:ޓުވިޓާރ

ވެސްޓްހަމް ޔުނައިޓެޑާއެކު މެޑިކަލް ހެދުމަށް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި ކީޕަރު ޖޯ ހާޓް ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީއާއެކު 2019 އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ހާޓް ވެސްޓްހަމްއަށް ބަދަލުވާން އުޅެނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ހާޓް ކުޅުނީ އިޓަލީގެ ޓޮރީނޯ އަށެވެ. އެއްބަސްވުން ހަމަވުމުން އޭނާ ވަނީ އަލުން އެނބުރި ސިޓީގެ ސްކޮޑާ ގުޅިފައެވެ.

ޓޮރީނޯ ދޫކޮށްލުމަށްފަހު ހާޓް ބުނީ އުމުރު ދުވަހުވެސް ޓޮރީނޯއަށް ސަޕޯޓުކުރަމުންދާނެ ކަމަށާއި، ޓޮރީނޯގައި ހޭދަކުރި ދުވަސްތަކަކީ ކެރިޔަރުގައި ރަނގަޅު ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްތަކެއް ކަމަށެވެ.

މީގެއިތުރުން ހާޓް ބުނީ އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އަނެއްކާވެސް އެނބުރި ޓޮރީނޯއަށް ބަދަލުވުން ކަމަށާއި، ކްލަބަށް ކުރިޔަށް އޮތް ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.

މެންޗެސްޓާ ސިޓީން ވިދާލި ހާޓް ޓޮރީނޯއަށް މި ސީޒަނުގައި ބަދަލުވެ، 36 މެޗު ވަނީ ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މޮޅެތި ސޭވްތަކެއް ކޮށް، އިޓަލީ ސަޕޯޓަރުންގެ އިހުތިރާމު ހޯދާފައެވެ.

މެންޗެސްޓާ ސިޓީއާއެކު ދެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ދެ ފުޓްބޯލް ލީގް ކަޕް ހޯދާފައިވާ ހާޓް ވަނީ ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ޖެހި ޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ އިންގްލޭންޑް ގައުމީ ޓީމަށް 70 މެޗު ވެސް ކުޅެދީފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ