22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ރައީސް ނަޝީދު

ހާމަކުރެއްވި މައުލޫމާތާ ގުޅިގެން އަދީބަށް އަނިޔާއެއް ދީފާނެތީ ކަންބޮޑުވޭ: ރައީސް ނަޝީދު

  • ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ސިޓީއެއް
  • ނާޒިމްގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ސިޓީއެއް
  • އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ އަދީބުގެ ބަޔާނެއް
އަޒުމޫން އަހުމަދު | azmoon_ahmed

| 17 ޖުލައި 2017 | ހޯމަ 14:00 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ކުރީގެ ނައިބު ރައީސް އަދީބު ދޫނިދޫ ޖަލު ގޮޅީގައި -- ޓްވިޓަރ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، ރައީސް އަބްދުﷲ ޔާމީން އަނިޔާއެއް ދެއްވަފާނެތީ ކަންބޮޑުވެލައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  އަދީބު ހާމަކުރެއްވި މައުލޫމާތުތަކާއެކު، އަދީބަށް ރައީސް ޔާމީން އަނިޔާއެއްދީފާނެ ހުރިހާ ސަބަބުތަކެއްވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ އަދީބަށް އަނިޔާއެއް ދީފަނެތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.


އަދީބުގެ ހާލަތާ މެދު ރައީސް ނަޝީދު  ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިން ކަން އެނގިވަޑައިގަންނަވާ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރާއްވާ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީއެއްގައި ވަނީ ވިދާޅުވެފަ އެވެ.

 

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ. 

 

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުރުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށެވެ. ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

 

އަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށާއި، މުޅި އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހާމަކުރެއްވުމަށް ފުރުސަތު ދީފިނަމަ ސުޕްރީމް ކޯޓުގައި އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

 

ރައީސް ނަޝީދުގެ ހުކުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް އަދީބު ސިޓީއެއް ފޮނުއްވިއިރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ ގޮތުން ވެސް އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ އެ ފިސްތޯލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު އެބަހުރި ކަމަށެވެ. އަދި ފުރުސަތު ދެއްވައިފިނަމަ ނާޒިމްގެ މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ސުޕްރީމް ކޯޓުގައި ކިޔައި ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

 

މީގެ އިތުރުން، އަދީބު ނެރުއްވި ބަޔާނެއްގައި ވަނީ އެމްއެމްޕީއާރްސީއިން ލިބުނު ފައިސާގެ ތަފްސީލްތަކާއި ގުޅޭ މައުލޫމާތު ހާމަކުރައްވާފަ އެވެ. އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ހަވާލުކޮށްފައިވަނީ ސީދާ ރައީސް ޔާމީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް