20 ސެޕްޓެންބަރ 2017 | ބުދަ | އުތުރަ 14

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުން ބުރާސްފަތު ދުވަހު!

  • މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު
  • މައްސަލަ ހުށަހަޅާފައިވަނީ 45 މެމްބަރުންގެ ސޮޔާއެކު
  • ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު

| | | phaxyn | |



ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު -- ފޮޓޯ:ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމައްސަލައަށް ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ބާއްވާ ޖަލްސާގައި އެމައްސަލައަށް ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށްޓަކައި އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބުރާސަފަތި ދުވަހުގެ 14:00 ތާވަލް ކޮށްފައިވާ ކަމަށެވެ.

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މީގެ ކުރިން ހުށަހަޅާފައިވާއިރު، އެމައްސަލައަށް ބަހުސްކުރުމަށް އާއްމު ކޮމެޓީން ވަގުތު ކަނޑައަޅާފައި ވަނީ ދޮޅު ގަޑިއިރު ދިނުމަށެވެ. އަދި މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހުގެ ރައީސް މަސީހަށް ޖުމުލަ 30 މިނެޓް ދިނުމަށެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މިމަހުގެ 3  ވަނަ ދުވަހު އެވެ.

އެ 45 މެމްބަރުންގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ޕީޕީއެމްގެ 11 މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އެއް މެންބަރަކު ފިޔަވައި އެހެން މެންބަރުން މިހާރު ވަނީ ޕީޕީއެމުން ވަކިވެވެވަޑައިގެންފައެވެ. 

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މަސީހުގެ އިތުބާރުނެތް ކަމަށް މަޖިލީހުގެ ސާފު އަޣްލަބިއްޔަތުން ފާސްވާނެ ކަމަށެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ