24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ކިންގް ހާލިދު ޔުނިވަރސިޓީ

ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!

  • ކިންގް ހާލިދު ޔުނިވަރސިޓީގައި 73000 ކުދިން ކިޔަވަމުންދޭ
  • އިސްލާމިކް ޔުނިވަރސިޓީގައި ހިންގާ ވޯކްޝޮޕް ތިން ދުވަހަށް ކުރިއަށްދާނެ
  • ގާތްގަނޑަކަށް 85 ކުދިން ވޯކްޝޮޕްގައި ބައިވެރިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 17 ޖުލައި 2017 | ހޯމަ 11:26 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އިސްލާމިކް ޔުނިވަރސިޓީ -- ރާއްޖެއެމްވީ

ކިންގް ޚާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް އިންޓަވިއު ކުރުންބުދަ ދުވަހު ކުރިއަށްދާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެފި އެވެ.

ކިންގް ޚާލިދު ޔުނިވަރސީޓީން އިންތިޒާމުކޮށްގެން އިސްލާމިކް ޔުނިވަރސިޓީގައި  ބާއްވާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ،ސްކޯލަރޝިޕް ބޭނުންވާ ފަރާތްތަކާ އިންޓަރވިއު ކުރުން ކުރިއަށްދާއިރު އިލްމީ ދާއިރާތަކުންނާއި އިސްލާމީ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކިންގް ހާލިދު ޔުނިވަރސިޓީއަކީ މިހާރު ވެސް 73،000 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ޔުނިވަރސިޓީއަކަށްވާ އިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ ޝަހީމު ވިދާޅުވީ، މި ވޯކްޝޮޕްގެ އިތުރަށް ވެސް، ސައުދީގެ ޔުނިވަރސިޓީތަކާ ގުޅުން ބަދަހި ކުރުމަށް މުހިންމު ގިނަ ކަންތައްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހައްޖު ދުވަސްވަރަށް ފަހު، އިސްލާމިކް ޔުނިވަރސިޓީގެ ޓީމެއް ސައުދީއަށް ގޮސް މަދީނާ ޔުނިވަރަސިޓީއާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އިތުރަށް ސައުދީގެ އެހެން ޔުނިވަރސިޓީތަކާ ވެސް އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީއަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ،" ޑރ. ޝަހީމު ވިދާޅުވި އެވެ.

 ކިންގް ޚާލިދު ޔުނިވަރސިޓީން ރާއްޖޭގައި އަލަށް ހިންގާ މި ވޯކްޝޮޕްގެ ތެރެއިން ހެނދުނު ދަންފަޅީގައި ދީނީ މައުލޫމާތު ދިނުން ކުރިއަށްދާއިރު ހަވީރު ސެޝަން ހާއްސަކުރެވިފައި ވަނީ ޓީޗަރުންނަށެވެ. އެ ދަންފަޅީގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިންނެވެ.

މީގެ އިތުރުން ރޭގަނޑު އެ ޔުނިވަސިޓީގެ އަރަބި ބަހުން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް ޔުނިވަރސިޓީގައި 17 އިން މިމަހުގެ 19 ވަނަ ދުވަހަށް ވޯކްޝޮޕް ކުރިއަށްދާ އިރު 85 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް