20 ސެޕްޓެންބަރ 2017 | ބުދަ | އުތުރަ 14

ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ރޮމޭރޯ ނިންމައިފި

  • ރޮމޭރޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނީ އެންމެ 18 މެޗު
  • ރޮމޭރޯ ޔުނައިޓެޑާ ގުޅުނީ 2015

| | | MrLeevaan | |



ޔުނައިޓެޑަށް ކުޅެމުން އަންނަ ސާޖިއޯ ރޮމޭރޯ -- ފޮޓޯ:ޓުވިޓާރ

މެންޗެސްޓާ ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯ ނިންމައި އެއްބަސްވުން އާކޮށްފި އެވެ.

އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮމޭރޯ ބުނީ އެއްބަސްވުން އާކުރެވުމުން އެކަމާ އުފަލުން ހުރި ކަމަށާއި، ޔުނައިޓެޑަކީ އޭނާ ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ކްލަބު ކަމަށެވެ.

އެގޮތުން ރޮމޭރޯ ބުނީ ޔުނައިޓެޑުގައި ވަރަށް ހުނަރުވެރި ގޯލު ކީޕަރުން ތިބޭ ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް އެކަކު އަނެކަކަށް ކިޔަދޭ ކަމަށެވެ. މިދިޔަ ސީޒަނަށް ވުރެ ބޮޑަށް މި ސީޒަނުގައި އިތުރު ކާމިޔާބީތައް ޔުނައިޓެޑަށް ހޯދައިދޭން ބޭނުންވާ ކަމަށް ވެސް ރޮމޭރޯ ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ އުމުރުން 26 އަހަރުގެ ރޮމޭރޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅެފައި ވަނީ ޖުމްލަ 18 މެޗެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި އޭނާ ކުޅުނީ އެންމެ ދެ މެޗެވެ.

ރޮމޭރޯއާ ބެހޭ ގޮތުން ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ރޮމޭރޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ސަބަބުން މިދިޔަ ސީޒަނުގައި އެޓީމަށް ރަނގަޅު ކާމިބީތައް ވެސް ލިބިފައިވާ ކަމަށެވެ.

ރޭސިން ކްލަބުން ކެރިޔަރު ފެށި ރޮމޭރޯ ވަނީ ސަމްޕްޑޯރިއާ އަދި މޮނާކޯ އަށް ވެސް ކުޅެފައެވެ. ރޮމޭރޯ ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް 28 މެޗު ކުޅެފައެވެ.

ޔުނައިޓެޑާއެކު އެފްއޭކަޕް، އެފިލް ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައިވާ ރޮމޭރޯ ވަނީ އާޖެންޓީނާ ގައުމީ ޓީމާއެކު ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ސީނިއާ އާޖެންޓީނާ ގައުމީ ޓީމަށް 88 މެޗު ކުޅެ، އޮލިމްޕިކް ރަން މެޑަލް 2008 ވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ ފީފާ ވޯލްޑްކަޕް އަދި ކޮޕާ އެމެރިކާގެ ދެވަނަ ވެސް އެޓީމާއެކު ހޯދާފައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ