24 ނޮވެންބަރު 2017 | ހުކުރު | 11 ނޮރަ

ޕީޕީއެމުން ވަކި ކުރި މައްސަލައިގައި ފާރިސް ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި

  • ޕީޕީއެމްގެ ދަފްތަރުން ފާރިސްގެ ނަން އުނިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި
  • މެންބަރުކަމުގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ވަނީ ހުކުމެއް ނެރެފައި
  • ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައި

| | | azmoon_ahmed | |



ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް -- ފޮޓޯ:މުހައްމަދު ޝަރުހާން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ވަކި ކުރި މައްސަލައިގައި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެ ޕާޓީއާ ދެކޮޅަށް ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި އެވެ.

ފާރިސް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ވަކި އުސޫލެއް ކަނޑައަޅާފައިވާ އިރު،  މައްސަލަ ކޮމެޓީއަށް ހުށަހަޅާފައި ވަނީ އުސޫލުތަކާ ޚިލާފަށް އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލާގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައި ނުވާއިރު، މައްސަލަ ހުށަހެޅުނުކަން ވެސް ނާންގައި މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައި ވެއެވެ.

އެހެން ކަމުން ފާރިސް ޕާޓީން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށްވަނީ އެދިފަ އެވެ.

އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާ ކަމަށް ފާރިސް ވަނީ ސިވިލް ކޯޓަށް އަންގަވާފަ އެވެ. އެ ގޮތަށް ފާރިސް އެންގެވުމާއެކު، ސިވިލް ކޯޓުން ވަނީ އެ ދައުވާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.

ޕީޕީއެމުން ފާރިސް ވަކިކޮށް، އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު އެވެ.

ޕީޕީއެމްއާ ދެކޮޅަށް ފާރިސް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވާފައި މިވަނީ، ޕާޓީ ބަދަލުކުރާ، ވަކިވާ އަދި ވަކިކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފައިވަނިކޮށެވެ. ނަމަވެސް، އެ ހުކުމަކީ އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަޠުބީޤު ނުވަތަ ތަންފީޒް ކުރުން ހުއްދަކުރެވިފަނުވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ކޮށްފައިވާ އަމުރުގައި ބުނެފައި ވެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ