19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

  • އެކުންފުނިން ވަނީ ފެނަކައިން ވެސް 17 މިލިއަން ރުފިޔާ ނަގާފައި
  • ދެ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުން
  • ޑޮލަރުގެ މުއާމަލާތް ކުރުމުގެ ހުއްދަ ނެތް ކުންފުންޏެއް
އަޒުމޫން އަހުމަދު | azmoon_ahmed

| 17 ޖުލައި 2017 | ހޯމަ 07:33 | |ސްޓެލްކޯ -- ގޫގުލް

 ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ތިން މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ވަނީ ޝަރޫ ލޯންޗްއަށް 3,084,000ރ. ދީފަ އެވެ. ނަމަވެސް، އެ ކުންފުނިން އެ ފައިސާއާ ހަވާލުވުމަށް ފަހު، އެއަށް ވާވަރަށް ޑޮލަރު ވެސް އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ސްޓެލްކޯ އަށް ދީފައެއް ނުވެ އެވެ. ފަހުން އެ ފައިސާއަށް ވީނުވީ އެއް ނޭނގުނު ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ދެ ލައްކަ ޑޮލަރު ގަންނަން ޝަރޫ ލޯންޗަށް ދިން 3,084,000 ރުފިޔާގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ. ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައި، ބުނެފައިވަނީ ސްޓެލްކޯ އިން ދީފައިވާ ފައިސާއަކީ ދެ ކުންފުނީގެ ދެމެދުގައި ކުރުމަށް ހަމަޖެހިފައިވާ މުއާމަލާތަކަށް ދީފައިވާ ފައިސާ ކަމަށްވާއިރު، އެ މުއާމަލާތް ފުރިހަަމަކުރެވިފައިނުވާ ހާލަތުގައި އެ ފައިސާއަކީ ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

އެގޮތަށް ކަނޑައަޅައި، ސިވިލް ކޯޓުން ވަނީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ޝަރޫ ލޯންޗަށް އަންގާފަ އެވެ.

ސިވިލް ކޯޓުން މިފަދަ ހުކުމެއް ކުރިއިރު، ސްޓެލްކޯ އިން ޝަރޫ ލޯންޗަށް ފައިސާ ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކޮށްފަ އެވެ. މިހާރު އެ މައްސަލައިގައި ކުރިއަށް ދަނީ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ އެވެ. 

ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑަކީ އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަނުން ވެސް 17 މިލިއަން ރުފިޔާ ދިން ކުންފުންޏެވެ. ފެނަކަ އިން އެ ކުންފުންޏަށް ދިން ފައިސާ ވެސް ގެއްލިފައިވާއިރު، އެ މައްސަލަ ވެސް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް އެ ދެ ކުންފުނިން 20 މިލިއަނެއްހާ ރުފިޔާ ހަވާލު ކުރި، ޝަރޫ ލޯންޗް އަކީ ޑޮލަރުގެ މުއާމަލާތް ކުރުމަށް ހުއްދަ ދީފައިވާ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސޮބާ އަހުމަދު ބިން މުސްތާޤް

9 މަސް ކުރިން

މި މީހުން މީ ފިސާރި އެވަރުގެ ބަޔަކު ނެތިގެން އުޅުނު ފާޑަށް އުޅެގަތް ބަޔެއް! މޮރިޝަސް ބޭންކުގެ ސީއީއޯ އަކަށް ހުރި މޫސަވެސް މިމީހުންގެ އަތްދަށަށްލާ އެބޭފަކީރަށްވެސް ހުވަފެން ދައްކައިގެން މި ކުންފުނިން ވަޒީފާ ދީގެން އެ ބޭންކްތެރޭން މީހުންނާ ގުޅިގެން ގޭސްގަނޑު އަނބުރަމުން ގެންދިޔަ ބަޔެއް! މިކަހަލަ މައްކާރު މީހުންނާ ހެދި އެހެން މީހުންނަށް ބަލާވެރިަކަމަކަށް ވަނީ ބޭންކަކުން ލޯނެއް އެއްޗެއް ހޯދަންވެސް! އެކަމު ހަމަ އެމީހުންތައް މާލޭމަގުމަތީގަ ޕީސީއެކްސް ސައިކަލު ގަނެގެން ހެސް ކިޔާފަ ދެކޮޅަށް ބާރަށް ދުއްވާނަގަނީ އެންނު އެއޮތް! ވާކަމެއް ހަރާން ހަމަ1

0
0