22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

އަލްހަމްދުލިﷲ، މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ: ނަޝީދު

  • ސްޕްރީމް ކޯޓްގެ އަމުރުން ދޭހަވަނީ މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން
  • ޕާޓީތަކުން ކުރިން ވަކިވި، އަދި މަސީހުގެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންގެ ގޮނޑިވެސް ނުގެއްލޭނެ
  • މަސީހާ ދެކޮޅަށް 45 މެމްބަރުން ސޮއިކުރައްވާފައިވޭ
އާމިނަތު ނުޒުހާ | nuzu8121

| 17 ޖުލައި 2017 | ހޯމަ 03:44 | |



ރައީސް ނަޝީދު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ އާއި ލަންކާގައި ބައްދަލުކުރެއްވުން -- ރާއްޖެއެމްވީ

ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރަށް ބަލާއިރު މަސީހުގެ މައްސަލާގައި ސޮއިކުރެއްވި މަޖިލިސް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

 ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި  ވިދާޅުވީ، "ސުޕްރީމް ކޯޓްގެ މި އަމުރު ބުނަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް، ސޮއިކުރެއްވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެކަމަށް. އަލްހަމްދުލިﷲ" އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

 

ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލައަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް