19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ތިން ކާރެއްގައި ރޯކޮށްލުން

އައްޑޫ ސިޓީގައި 3 ކާރެއްގައި އަލިފާން ރޯކޮށްލައިފި

 • ރޯކޮށްލާފައިވަނީ ތިން ކާރުގެ ވެސް އިންޖީނުގައި
 • މައްސަލައިގެ ތުހުމަތުގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައި
 • އެތަނުން އެއްކާރަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފެއްގެ ކާރެއް
އަމިނަތް ނުޒުހާ | Nuzuha

| 17 ޖުލައި 2017 | ހޯމަ 02:12 | |

މަގުބޫލް

 1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


މިރޭ ރޯކޮށްލާފައިވާ ކާރެއް -- ޓްވިޓަރ

އައްޑޫ ސިޓީގައި ތިން ކާރެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލީމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީގެ ތިން ސަރަހައްދަކުން ތިން ކާރު ރޯކޮށްލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

 

ފުލުހުން ބުނީ، ތިން ކާރުވެސް ރޯކޮށްލާފައިވަނީ، އައްޑޫ ސިޓީ، ހިތަދޫގައިކަމަށެވެ. އަދި ތިން ކާރަކީވެސް ހިތަދޫ އެއްސަރަހެއްދެއްގައި ހުރި ތިން ގެއެއްގެ ތިންކާރުކަމަށް ފުލުހުން ބުންޏެވެ. އެ ތިން ކާރުގައިވެސް ރޯކޮށްލާފައިވަނީ ކާރުގެ ކުރީކޮޅުން އިންޖީނުގައިކަމަށް ފުލުހުން ބުންޏެވެ. އަދި އަލިފާން ރޯކޮށްލިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ އާދިއްތަ ދުވަހުގެރޭ މެންދަމު 12.11 ހާއިރުކަމަށާއި އަދި މިހާރު އަލިފާން ނިއްވާލާފައިވާކަމަށް ފުލުހުން ބުންޏެވެ.

 

ކާރުތައް ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

 

ހިތަދޫއިން މައުލޫމާތު ދިން މީހަކު ބުނީ، އެތަނުން އެއްކާރަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފެއްގެ ކާރެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް