22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ވޮލީބޯލް އެސޯސިއޭޝަން ކަޕް

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު ޓީމުން ސެމީއަށް ދަތުރުކުރިއިރު ޕޮލިސް އަދި ފުނާޑުވެސް ސެމީއިން ޖާގަ ހޯދައިފި

  • މިސްކިތްމަގު ޓީމުން ސެމީއަށް ދަތުރުކުރީ ޕޫލް ރޭންކިންގެ އެއްވަނަ ޓީމުގެ ގޮތުގައި
  • އެޓީމު ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައި
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 17 ޖުލައި 2017 | ހޯމަ 00:47 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


މިސްކިތްމަގު ޓިމާއި ދަ ފޭދޫ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ވީއޭއެމް

ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި، މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީއަށް ދަތުރުކުރިއިރު، ޕޮލިސް ކުލަބް އަދި ފްރެންޑްސް ކްލަބް ފުނާޑުންވެސް ސެމީއިން ޖާގަހޯދައިފިއެވެ.

ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ 4 ޓިމަކަށް ސެމީގެ ޖާގަ ލިބޭއިރު، މިސްކިތްމަގު ޓީމުން ސެމީއަށް ދަތުރުކުރީ ލީގު އުސޫލުން އެޓީމުން ކުޅެންޖެހޭ ހުރިހާމެޗެއް ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން އެޓީމަށް ސެމީގެ ޖާގަލިބެނީ ޕޫލް ރޭންކިންގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ޕޫލް ރޭންކިންގެ އެއްވަނަ ޖާގަ ކަށަވަރުކުރީ މި ބުރުގައި އެޓީމު ކުޅުނު ފަހު މެޗުގައި އާދީއްތަ ދުވަހުގެރޭ ދަ ފޭދޫ ސްޕޯޓްސް އާއި ދެކޮޅަށް ކުޅުނު މެޗް 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންގިޔަ މި މެޗުގެ ފުރަތަމަ 2 ސެޓު މިސްކިތްމަގު ޓީމުން ގެންގޮސްފައި ވަނިކޮށް ދަ ފޭދޫ ސްޕޯޓްސް އިން ވަނީ ކުޅުން ވަރުގަދަކޮށް 3 ވަނަ ސެޓު އަތުލާފައެވެ. ނަމަވެސް މިސްކިތްމަގު ޓީމުން ވަނީ 4 ވަނަ ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ދެ ސެޓު މިސްކިތްމަގުން ކާމިޔާބުކުރީ 25-20 އަދި 25-17 އިންނެވެ. ފޭދޫ ސްޕޯޓްސް އިން 3 ވަނަ ސެޓު ގެންދިޔައީ 16-25 އިންނެވެ. 4 ވަނަ ސެޓު މިސްކިތްމަގު ޓީމުން ކާމިޔާބުކުރީ ވަރުގަދަ ކުޅުމަކަށްފަހު 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގު ޓީމުގެ އާއިޝަތް މާޖިދާ އެވެ.

ޕޮލިސް ކުލަބުން ސެމީއަށް ދަތުރުކުރީ ޕޫލް ރޭންކިންގެ ދެވަނަ ހޯދައިގެންނެވެ. އެޓީމު މިބުރުގައި މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެޓީމުން އާދީއްތަ ދުވަހުގެރޭ ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗްވެސް ކާމިޔާބުކޮށްފައި ވާއިރު އެޓިމަށް އަދި މިބުރުގައި ބާކީ އެއް މެޗް އެބަ އޮތެވެ. އެހެންކަމުން އެޓީމަށް ޕޫލް ރޭންކިންގެ ދެވަނަ ލިބެނީ އެޓީއި އެންމެ ގާތުން ޕޮއިންޓް ހޯދާފައިވާ ފްރެންޑްސް ކްލަބް ފުނާޑް މިބުރުގައި ކުޅެންހުރި ހުރިހާ މެޗެއް ކުޅެ ނިމިފައި ވާތީއެވެ.

ޕޮލިސް ކުލަބުން އާދީއްތަ ދުވަހުގެރޭ ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާގެ މައްޗަށް ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެސެޓުވެސް އެޓީމުން ގެމްދިޔައީ 25-19 އިންނެވެ. ފަހު ސެޓު އެޓީމުން ކާމިޔާބުކުރީ 25-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ.

ޕޫލް ރޭންކިންގެ 3 ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަހޯދީ ފްރެންޑްސް ކްލަބް ފުނާޑެވެ. އެޓީމަށް 3 ވަނަ ލިބެނީ އާދީއްތަ ދުވަހު ހަވީރު، މިބުރުގައި އެޓީމު ކުޅުނު ފަހު މެޗުން ފޭދޫ ޔޫތް ކޮމިއުނިޓީ ގެ މައްޗަށް ކުރިހޯދާފައި ވަނިކޮށް، އެޓީމާއި އެންމެ ވާދަވެރި ދަ ފޭދޫ ސްޕޯޓްސް އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުން މިސްކިތްމަގު ޓީމުއަތުން ބަލިވުމުންނެވެ.

ފްރެންޑްސް ކްލަބް ފުނާޑުން އެޓީމު ކުޅުނު ފަހު މެޗުގައި ފޭދޫ ޔޫތް ކޮމިއުނިޓީގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ދެސެޓު ފްރެންޑްސް ކްލަބް ފުނާޑުން ގެންދިޔައީ 25-21 އަދި 25-12 އިންނެވެ. ތިންވަނަ ސެޓު ފޭދޫ ޔޫތް ކޮމިއުނިޓީއިން އަތުލީ 20-25 އިންނެވެ. ފަހު ސެޓު ފުނާޑުން ވަނީ 25-19 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

ސެމީގެ ފަހު ޖާގަ ކަށަވަރު ވެގެންދާނީ ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި ބުރުގެ ފަހު ދެމެޗަށްފަހުގައެވެ. އެގޮތުން މިޖާގަ ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ދަ ފޭދޫ ސްޕޯޓްސް އަށެވެ. އެޓީމުން ހޯމަ ދުވަހުގެ ރޭ ކޫޅޭ މިބުރުގެ ފަހު މެޗުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާގެ މައްޗަށް ކުރިހޯދައިގެން ސެމީގެ ފަހު ޖާހަ ލިބޭނެއެވެ.

މިނަތީޖާއާއި އެކު މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ފްރެންޑްސް ކްލަބް ފުނާޑުން ނިކުންނާނީ ޕޫލް ރޭންކިންގެ 4 ވަނައަށްދާ ޓިމަކާއި ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި ހަމަ އެދުވަހުގެރޭ ބައްދަލުކުރާނީ މިސްކިތްމަގު ޓީމާއި ޕޮލިސް ކުލަބެވެ.

މުބާރާތް ރޭވިފައިވާގޮތުން ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ޕޫލް ރޭންކިންގެ 3 ވަނަ އަދި 4 ވަނައަށްދާ ޓިމެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ޕޫލް ރޭންކިންގެ 1 ވަނަ އަދި 2 ވަނައަށްދާ ޓިމެވެ. މި މެޗުން މޮޅުވާ ޓިމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭއިރު ބަލިވާ ޓީމެއް ޖެހޭނީ ފުރަތަމަ ސެމީއިން މޮޅުވާ ޓިމަކާއި ދެކޮޅަށް 3 ވަނަ ސެމީއެއްގައި ކުޅޭށެވެ. އެހެންކަމުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ 3 ވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް