24 ނޮވެންބަރު 2017 | ހުކުރު | 11 ނޮރަ

ފްރެންޑްސް ކްލަބް ފުނާޑުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

  • ސެމީގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހު
  • ފައިނަލް މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު

| | | AbdhullahZiyan | |



ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތެރެއިން -- ފޮޓޯ:ވީއޭއެމް

ވާދަވެރި ކުޅުމަކަށްފަހު ފޭދޫ ޔޫތް ކޮމިއުނިޓީ ބަލިކޮށް ފްރެންޑްސް ކްލަބް ފުނާޑުން ސެމީފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

މިހާރު ފުވައްމުލަކުގައި ކުރިއަށްދާ ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީއާއި ގާތަށް ފްރެންޑްސް ކުލަބު ފުނާޑުން ޖެހިލީ އެޓީމުން ފުރަތަމަ ބުރުގައު ކުޅެންޖެހޭ ހުރިހާ މެޗެށް ކުލެ ނިމިފައި ވާއިރު، ތާވަލުގެ 3 ވަނަ  މަގާމުގައި 9 ޕޮއިންޓް ހަމަކޮށްފައި ވާތީއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަށް މިހާރު ކުޅެވެމުން ދާއިރު ތާވަލަށް ކުޑަ ބަދަލެއް އައުން އެކަށީގެންވެއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުތަކުން ސެމީގެ ޖާގަތަށް ލިބޭ ޓީމުތަށް ޔަގީން ވެގެންދާނެއެވެ. މުބާރާތުގައި މިހާތަނަށް ކުޅެފައިވާ މެޗުތަކުގެ ނަތީޖާތަކަށް ބަލާނަމަ ސެމީގެ ޖާގައެއް އަދި ޔަގީންވެފައިވަނީ މިސްކިތްމަގު ޓީމަށެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމުގައި ލީޑު ނަގާފައެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗުން ފްރެންޑްސް ކްލަބް ފުނާޑުން ފޭދޫ ޔޫތް ކޮމިއުނިޓީ ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ 2 ސެޓު ފްރެންޑްސް ކްލަބް ފުނާޑުން ގެންގޮސްފައި ވަނިކޮށް ފޭދޫ ޔޫތް ކޮމިއުނިޓީ އިން ވަނީ 3 ވަނަ ސެޓު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފްރެންޑްސް ކުލަބު ފުނާޑުން ވަނީ 4 ވަނަ ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތަށް ގޮސްފައިވަނީ 25-21 ، 25-12 ، 20-25 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކްލަބް ފުނާޑުގެ އައިޝަތް ޝައްފައެވެ.

މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ދެ މެޗު ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ޕޮލްސް ކުލަބާއި ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ދަ ފޭދޫ ސްޕޯޓްސް އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން، ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. އެމެޗުން މިޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެއެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ދެވަނަ ސެމީގައި ތިންވަނައަށްދާ ޓީމާއި ހަތަރު ވަނައަށްދާ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށް ތިންވަނަ ސެމީގައި ކުޅޭށެވެ. އެހެންކަމުން ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ތިންވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ.

މިމަހުގެ 19 ވަނަ ދުވަހު ސެމީފައިނަލުގެ މެޗުތަށް ފަށާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.  

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ