22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

އިންޓަ ރިސޯޓް ވޮލީ މުބާރާތް

ފަސް ޒޯނު ހިމެނައިގެން އިންޓަ ރިސޯޓް ވޮލީ މުބާރާތުގެ ގުރު ނަގައިފި

  • މުބާރާތުގައި ޖުމްލަ ފަސް ޒޯނަކުން 21 ޓީމު ބައިވެރިވޭ
  • މުބާރާތުގައި މުޅިން އަލަށް ޓީމުތަކެއް ވަނީ ބައިވެރިވެފައި
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 16 ޖުލައި 2017 | އާދީއްތަ 19:38 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ނާފިއު ރަޝީދު

ފަސް ޒޯން ހިމަނައިގެން ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ގުރު ނަގައިފި އެވެ.

ޖުމްލަ 21 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

މި މުބާރާތުގެ ޒޯން އެކެއްގައި ހަތް ޓީމު ހިމެނޭއިރު، ލީގު އުސޫލުން ކުޅޭ މި ބުރުގައި ސެމީން ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. އެގޮތުން އެއްވަނަ އަދި ދެވަނަ ފުރަތަމަ ސެމީ ކުޅޭއިރު، ދެވަނަ ސެމީގައި ކުޅޭނީ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ. މީގެއިތުރުން ތިންވަނަ ސެމީގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމު އަދި ދެވަނަ ސެމީން މޮޅުވާ ޓީމެވެ.

ޒޯން ދޭއްގައި ހިމެނެނީ ހަތަރު ޓީމެވެ. ލީގު އުސޫލުން ކުޅޭ މި ބުރުގައި އެއްވަނަ ޓީމު ސީދާ ފައިނަލުން ޖާގަ ކަށަވަރުކުރާއިރު، ދެވަނަ އަދި ތިންވަނަ އަށްދާ ޓީމު ފައިނަލަށް ދިއުމަށް ސެމީގެ މެޗެއް ކުޅޭނެއެވެ.

ޒޯން ދޭއްގައި ވާދަކުރަނީ ހޮލިޑެއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް، އަދާރަން ދިގުރަށް ފިނޮޅު އަދި ޖުމެއިރާ ވިއްޓަވެލި އެވެ.

ޒޯން ތިނެއްގައި ހިމެނެނީ ތިން ޓީމެވެ. އެއީ ވޮއްމުލި ރިސޯޓް މޯލްޑިވްސް، ނިޔާމާ ޕްރައިވެޓް އައިލޭންޑް މޯލްޑިވްސް އަދި ކަނޑިއްމާ މޯލްޑިވްސް އެވެ. ލީގު އުސޫލުން ކުޅޭ މި ބުރުގައި އެއްވަނަ ޓީމު ސީދާ ފައިނަލުން ޖާގަ ކަށަވަރުކުރާއިރު، ދެވަނަ އަދި ތިންވަނަ އަށްދާ ޓީމު ފައިނަލަށް ދިއުމަށް ސެމީގެ މެޗެއް ކުޅޭނެއެވެ.

ޒޯން ހަތަރެއްގައި ވާދަކުރަނީ ކޮންރެޑް މޯލްޑިވްސް އަދި ވިލަމެންދޫ ރިސޯޓް އެންޑް ސްޕާ އެކަނިއެވެ. އެގޮތުން މި ދެޓީމު ދެފަހަރެއްގެ މަތިން މެޗެއް ކުޅޭނެއެވެ. އަދި އެއަށްފަހު އެ ދެޓީމު ތިންވަނަ މެޗެއްވެސް ކުޅޭނެއެވެ.

ޒޯން ފަހެއްގައި ފަސް ޓީމު ވާދަކުރާނެއެވެ. އެއީ ސޮނޭވާ ފުށި ރިސޯޓް، އަނަންތަރާ ކިހާވަށް ވިލާސް، އަމިއްލަފުށި ރިސޯޓް އެންޑް ސްޕާ، މިލައިދޫ އައިލޭންޑް ރިސޯޓް އަދި ދުސިއްތާނީ މޯލްޑިވްސް އެވެ.

ލީގު އުސޫލުން ކުޅޭ މި ބުރުގައި އެއްވަނަ ޓީމު ސީދާ ފައިނަލުން ޖާގަ ކަށަވަރުކުރާއިރު، ދެވަނަ އަދި ތިންވަނަ އަށްދާ ޓީމު ފައިނަލަށް ދިއުމަށް ސެމީގެ މެޗެއް ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް