
| 16 ޖުލައި 2017 | އާދީއްތަ 18:20 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
4 މަސް ކުރިން |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
4 މަސް ކުރިން |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
4 މަސް ކުރިން |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
4 މަސް ކުރިން |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
1 އަހަރު ކުރި |
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ފަހު ޖާގަތަށް އެމްޕީއެލް އާއި އެމްއެންޑީއެފް އިން ހޯދައިފިއެވެ.
މި ދެ ޓީމުން ސެމީގެ ފަހު ދެ ޖާގަ ހޯދާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުތަކަށް ފަހު ގުރޫޕް 1 ގެ އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ދެ ޓީމުގެ ގޮތުގައެވެ. ނަމަވެސް މި ގުރޫޕުގައި އަދި ބާކީ މެޗުތަކެއް ހުރުމުން، ގުރޫޕުގެ އެއް ވަނަ އަދި ދެވަނަ ޓީމު ޔަގީން ވެގެންދާނީ އާދީއްތަ ދުވަހުގެ ރޭ ކުޅޭ މި ގުރޫޕުގެ ފަހު މެޗުތަކަށް ފަހުގައެވެ. މި ދެޓީމު ސެމީއިން ޖާގަ ހޯދާފައިވީ ނަމަވެސް ސެމީގައި މިދެޓީމުން ވާދަކުރަންޖެހޭ ޓީމުތަށް ޔަގީންވެގެންދާނީ އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗުތަކަށް ފަހުގައެވެ.
އެމްޕީއެލްއިން ސެމީގެ ޖާގައެއް ކަށަވަރު ކުރީ އެމްއެންޔޫ އާއި ދެކޮޅަށް ކުޅުނު މެޗް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އެމްއެންޔޫ އާއި ދެކޮޅަށް ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 30-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އައިމިނަތް ޝާލިޔާ އެވެ.
އެމްއެންޑީއެފް އަށް ސެމީގެ ޖާގައެއް ކަށާވަރުވީ ހޮނިހިރު ދުވަހުގެރޭ ސްޓެލްކޯ އާއި ޕޮލިސް ބައްދަލުކުރި މެޗް އެއްވަރުވުމުންނެވެ. އެމެޗް އެއްވަރުވީ ދެޓީމުންކުރެ އެއްވެސްޓިމަކަށް ލަނޑެއް 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އަރީޝާ ރިޒާ އެވެ.
މި މުބާރާތުގެ ސެމީގެ ފުރަތަމަ ދެޖާގަ ކަށަވަރުކޮށްފައިވަނީ ޓީރެކްސް އަދި އަވަ އެފްޓީއިންނެވެ. އަވަ އެފްޓީއިން ގުރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރިއިރު ޓީރެކްސްއިން ސެމީއަށް ދަތުރުކުރީ ގުރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުބާރާތް ރޭވިފައިވާގޮތުން ސެމީގައި ގުރޫޕް 1 ގެ 1 ވަނަ ޓީމު ކުޅެންޖެހޭނީ ގުރޫޕް 2 ގެ ދެވަނައަށްދާ ޓީމަކާއި ދެކޮޅަށެވެ. އަދި ގުރޫޕް 1 ގެ 2 ވަނައަށްދާ ޓީމު ކުޅެންޖެހޭނީ ގުރޫޕް 2 ގެ 1 ވަނައަށްދާ ޓީމަކާއި ދެކޮޅަށެވެ.
ޖުމްލަ 9 ޓީމުގެ މެދުގައި 2 ގުރޫޕަކަށް ބަހާލަގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް