22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުމަކީ ނުވާނެ ކަމެއް: މޮރީނިއޯ

  • ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވާން އުޅޭފަދަ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައި
  • މީގެ ހަފްތާއެއް ކުރިން ރެއާލްއިން ވަނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެފައި
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 16 ޖުލައި 2017 | އާދީއްތަ 17:00 | |ރެއާލް މެޑްރިޑުގެ ތަރި ރޮނާލްޑޯ -- ގޯލް.ކޮމް

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެކުލަބާ ގުޅުމަކީ ނުވާނެ ކަމެއް ކަމަށާއި އޭނާ ޔުނައިޓެޑާ ގުޅޭނެކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެކުލަބުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މިދިޔަ ހޮނިހުރު ދުވަހު އެކުވެރިކަމުގެ މެޗެއްގައި އެލްއޭ ގެލެކްސީގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރިހޯދި މެޗައްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ، މިފަހަރުގެ ޓްރާންސްފާގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނާނެ ކަމަށް ރިޕޯޓްތަށް ބުނިކަމުގައި ވީނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި، އޭނާ އަކީ އޭނާގެ ކުލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށޭވެ.

މޮރީނިއޯ ބުނެފައިވަނީ، ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ފެތުރުނު ކަމަށާއި ނަމަވެސް އެކަން އެގޮތަށް ވެދާނެ ކަމަށް އޭނާ އެއްވެސް އިރެއްގައި އުންމީދުވެސް ކޮށްފައި ނުވާ ކަމަށެވެ. މޮރީނިއޯ ބުނީ، ނުވާނެ ކަމަކަށް އުންމީދު ކޮށްގެން ހުރެ ވަގުތު ބޭކާރު ކޮށްލަން  އޭނާ ބޭނުން ނުވާކަމަށެވެ.

ދާދި ފަހުން ސްޕެއިންގެ ޓެކްސް އޮފީހުން ރޮނާލްޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށްބުނާ މައްސަލައެއް ފެންމަތިކޮށްފައެވެ. ރިޕޯޓްތަށް ބުނާގޮތުން މި މައްސަލަ އާއި ގުޅިގެން ރޮނާލްޑޯ ވަނީ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރެއާލް މެޑްރިޑުން ވަނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ކަމަށް ހަބަރު ފެތުރުމުން ބޮޑެތި ގިނަ ކުލަބުތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އިންވެސް ވަނީ ރޮނާލްޑޯގެ އޭޖެމްޓާއި ބައްދަލުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ކުލަބު ޖެލްސީގެ ރައީސް ވެސް ވަނީ ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް