23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް ނަޝީދުގެ ޝަރީއަތް

ރައީސް ނަޝީދުގެ މައްސަލަ މުރާޖަޢާ ކޮށްދިނުމަށް ގޮވާލައިފި

  • ޙުކުމް ލިޔުނީ ފަނޑިޔާރެއް ނޫން: އަދީބް
  • ޝަރީއަތުގެ މައްޗަށް ބައެއްގެ ނުފޫޒު މިވަރަށް އޮތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް: ހިސާން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 16 ޖުލައި 2017 | އާދީއްތަ 15:48 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައީސް ނަޝީދުގެ ޤާނޫނީ ޓީމު: ރައީސް ނަޝީދުގެ މައްސަލަ މުރާޖަޢާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދެފި -- ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވި މައްސަލަ މުރާޖަޢާކޮށްދިނުމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ގޮވާލައްވައިފި އެވެ. 

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މިފަދައިން އެދިފައިމިވަނީ، އާދީއްތަ ދުވަހު، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވެވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ސަބަބުން، މި މައްސަލައިގެ ޙުކުމަށް އަސަރު ކުރާނެ ފަދަ ގިނަ ކަންތައްތަކެއް ހާމަވެގެން ގޮސްފައިވާތީއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވީ، މައްސަލަ އާއި ގުޅޭގޮތުން މި ކަންކަން ހާމަވުމުގެ ސަބަބުން މައްސަލަ އަލުން މުރާޖަޢާ ކޮށްދެއްވުމަށް ސުޕްރީމް ކޯޓުގެ ކިބައިން އެދިލައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމަށް ޝަރުޢީ ނިޒާމުން ބޭރުން މީހަކު ނުފޫޒުފޯރުވާފައިވާކަން އަދީބްގެ ސިޓީއިން ހާމަވެފައިވާއިރު، ރައީސް ނަޝީދުގެ ލޯޔަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވަކީލް، އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދަށް ކުރި ޙުކުމަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރި ޙުކުމެއްކަން މިހާރު ވަރަށް ސާފުކޮށް ހާމަވެފައިވާ ކަމަށެވެ.

"ވަރަށް ސާފުކޮށް އެނބަ އެނގޭ ރައީސް ނަޝީދު ހައްޔަރުކޮށް، ބަންދުކޮށް، ދައުވާކޮށް، ޝަރީއަތަށްފަހު ޙުކުމްކޮށްފަ އެވަނީ އެއްވެސް ޤާނޫނެއްގެ ދަށުން ރައީސް ނަޝީދު ކުރެއްވި ކުށަކާ ލައިގެން ނޫންކަން"

މީގެ އިތުރުން ހިސާން ވިދާޅުވީ، ޝަރީއަތުގެ މައްޗަށް ބައެއްގެ ނުފޫޒު މިވަރަށް އޮތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް މީ، ސިޔާސީ ފަރާތްތަކުގެ، ނޫނީ، ޝަރީއަތުގަ ތިއްބަވާ، ފަނޑިޔާރުންގެ މައްޗަށް އެހެން ފަރާތްތަކުން މިހާ ބޮޑެތި ނުފޫޒުތަކެއް ފޯރުވާ، މީހުންގެ މައްޗަށް، ބޭއިންސާފުން ޝަރީއަތް ހިންގުމުގެ ބާރު، އެހެން ފަރާތްތަކެއް ގެންގުޅޭކަން"

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރާއްވާ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ.

ރައީސް ނަޝީދަށް، 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުގެ ރޭ 13 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ، ދާދިފަހުން ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފްއާއި، ހައިކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު ޝުޖާއު އުސްމާން ތިއްބެވި ބެންޗަކުންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން ހައިކޯޓަށް ޕްރޮމޯޓް ކޮށްފައިވާނީ ރައީސް ނަޝީދަށް ހުކުމް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް