24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޕީޕީއެމް މެމްބަރު ފަލާހު

32 މިލިއަން ރުފިޔާގެ ރިޝްވަތުގެ މައްސަލަ މުއައްސަސާތަކަށް ފަލާހު ހުށަހަޅާފައެއް ނެތް!

  • ފަލާހު ވިދާޅުވީ ކަމާބެހޭ ފަރާތްތަކަށް އެމައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް
  • ނަމަވެސް އޭސީސީންނާއި ފުލުހުންވެސް ބުނަކީ ފަލާހުގެ ފަރާތުން އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް
މުހައްމަދު ފަޒީން | phaxyn

| 16 ޖުލައި 2017 | އާދީއްތަ 14:13 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާނުއާއި ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހު -- ޓްވިޓަރ

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަަމށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވި ނަމަވެސް، އެ މައްސަލަ ހުށަނާޅާފައި ނެތް ކަމަށް އޭސީސީން ވެސް ބުނެފި އެވެ.

 

ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން މިމަހުގެ 11 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި ފަލާހު ވިދާޅުވެފައި ވަނީ އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ. ނަމަވެސް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ފަލާހު ވިދާޅެއް ނުވެއެވެ.

 

"އަޅުގަނޑު ވާނީ މިތާނގައި އަޅުގަނޑު މި ހިއްސާކުރި މައުމޫމާތު، އަޅުގަނޑު ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކޮށްފަ،" ފަލާހުއަށް 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް އޭނާ ވިދާޅުވުމުން، އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވި އެވެ.

 

މި މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ކުރިން ފުލުހުން ބުނެފައިވާއިރު، ރިޝްވަތުގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަ އޭސީސީއަށް ވެސް ހުށަހަޅާފައި ނެތެވެ.

 

އެ ކޮމިޝަންގެ އޮފިޝަލަކު އާދިއްތަ ދުވަހު ރާއްޖެއެމްވީއަށް ވިދާޅުވީ

މީޑިއާތަކުގެ ސުރުހީތަކަށް އަންނަ ނުވަތަ އޭސީސީގެ ސަމާލުކަމަށް އަންނަ މިފަދަ މައްސަލަތަކުގައި އެ މުއައްސަސާގެ އިސްނެގުމުގެ މަތިން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ ނަމަވެސް އެފަދަ މައްސަލަތައް ކޮމިޝަނުގެ އިސްނެގުމުގެ މަތިން ތަހުގީގު ކުރަނީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެމައްސަލަ ތަހުގީގު ކުރަންޖެހޭކަމަށް ފެނިއްޖެ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލަ ބަލަން ނިންމިކަން އެނގިފައި ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް