22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

  • އަގްސާ މިސްކިިތް އިޒްރޭލުން ބަންދު ކުރީ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ދިން ހަމަލާ ތަކާއި ގުޅިގެން
  • އިޒްރޭލުން އަގްސާ މިސްކިތް ބަންދުކުރުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒު ވަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 16 ޖުލައި 2017 | އާދީއްތަ 13:58 | |



އަލް އަގްސާ މިސްކިތް -- އާކައިވް

އަލް އަގްސާ މިސްކިތަކީ  މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ތަނެވެ. އަގްސާ މިސްކިތާ ބެހޭގޮތުން ތަފާތު ވާހަކަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިފަހަރު މުޅިން އާ ވާހަކައެކެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން އަގްސާ މިސްކިތް ބަންދު ކުރުމާ ގުޅިގެން ކަންކަން ހަލަބޮލިވެއްޖެއެވެ.

އަގްސާ މިސްކިތް ބަންދު ކުރީ ހުކުރު ދުވަހު ހެނދުނު މިސްކިތައް ވަންނަން އޮންނަ ސަރަހައްދެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާތައް ދިނުމާއި ގުޅިގެންނެވެ. އިޒްރޭލް ސިފައިން މިސްކިތް ބަންދުކުރިއިރު ހުކުރު ނަމާދަށް ވެސް މިސްކިތް ނުހުޅުވުމުން އެ ދުވަހު ހުކުރު ނަމާދު ކުރަން ޖެހުނީ މަގުމަތީގަ އެވެ.

ހުކުރު ދުވަހު ހަތިޔާރު އެޅި ފަލަސްތީނުގެ ތިން މީހުންވެގެން އިޒްރޭލު ދެ ފުލުހުން މަރާލުމާއި ގުޅިގެން އަގްސާ މިސްކިތް ބަންދުކޮށްފައިވާއިރު ފަލަސްތިނުގެ ދީނީ އަދި ސިޔާސީ އިސް ފަރާތްތައް ދަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.  އެފަރާތްތަކުން ވިދާޅުވަމުން ދަނީ  އިޒްރޭލުން އަގްސާ މިސްކިތް ބަންދު ކުރުމަކީ ފަލަސްތީނު ރައްޔިތުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އެގޮތުން ފަލަސްތީނުގެ މިނިސްޓާ ފޯ ރިލިޖަސް އެފެއާޒް ޝެއިޚް  ޔޫސުފް  އިދިސް ވިދާޅުވީ އަގްސާ މިސްކިތް ބަންދު ކުރުމާއި ގުޅިގެން އެއާ އެއްކޮޅަށް ދެއްކޭނެ ހުއްޖަތެއް ނެތް ކަމަށާއި މި ނިންމުމަށް އިންތިހާ އަށް ދެކޮޅުހަދާ ކަމަށެވެ. އަރަބި ލީގުން ބުނީ މިސްކިތް ބަންދު ކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވަނީ ހުކުރު ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަފުޅު ދައްކަވާ ވަނީ އަގްސާ މިސްކިތުގައި ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި އިޒްރޭލުން މިސްކިތް ބަންދު ކުރި ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ. 

ހުކުރު ދުވަހު ހެނދުނު އަގްސާ މިސްކިތުގައި ދިން ހަމަލާ އާއި ގުޅިގެން މިސްކިތް ބަންދުކޮށް އެދުވަހު ހުކުރު ނަމާދަށް ވެސް ފުރުސަތު ނުދިނުމަކީ އަގްސާ މިސްކިތުގައި ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ހުކުރު ނަމާދު އިޒްރޭލުން ފުރުސަތު ނުދިން ފުރަތަމަ ފަހަރެވެ. 

އިޒްރޭލުގެ ފުލުހުން އަގްސާ މިސްކިތާއި އަދި ވަށައިގެންވާ ސަރަހައްދުގައި ފޯރިމަރަމުންދާއިރު އަގްސާ މިސްކިތުގައި ނަމާދު ކުރަން ބޭނުންވެފައިތިބި އެތައް ބަޔަ ދަނީ ގުދުސްގެ މަގުތަކުގައި ނަމާދު ކުރަމުންނެވެ. މިސްކިތް ބަންދު ކުރުމާއި ގުޅިގެން ގުދުސްގެ ކުރީގެ މުފްތީ ޝެއިޚް އިކްރިމާ ސަބްރީ ވިދާޅުވެފައި ވަނީ އަގްސާ މިސްކިތް ބަންދުކުރުމަކީ އެތައް ހާސް މުސްލިމުންނަކަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ. 

ހަމަލާއަށް ފަހު އޮފިޝަލުން ފޯރިމަރަނީ 

އެންމެ ފަހުން އިޒްރޭލުން، މުސްލިމުން އަގްސާ މިސްކިތައް ވަނުން މަނާކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. މިދިޔަ މަހު ފަހުކޮޅުވެސް ޔަހޫދީން ބޭއްވި ރަސްމިއްޔާތަކާއި ގުޅިގެން އުމުރުން 40 އަަހަރުން މަތީގެ މުސްލިމުން މިސްކިތައް ވަނުން މަނާކުރިއެވެ. 

ކޮންމެއަކަސް ހޮނިހިރު ދުވަހު ވަނީ މުސްލިމުންނަށް އުފާވެރި ޚަބަރެއް ލިބިގެން ގޮސްފައެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު އަގްސާ މިސްކިތް އަލުން ހުޅުވާލާނެ ކަމަށެވެ. ބަޔާނުގައި ބުނީ ހުޅުވާލާނި އަޅުކަމަށް އަންނަ ފާރަތްތަކަށާއި އަދި ފަތުރުވެރިންނަށް ކަމަށެވެ. އުފެދޭ ސުވާލަކީ އިޒްރޭލުން ބުނެފައި ގޮތައް އިޒްރޭލުން އަމަލު ކުރާނެތޯއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް