24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ފުލުހުން

ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު

  • ވޭތުވެދިޔަ 2016 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 ޖުލައި 2017 | އާދީއްތަ 13:44 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޕޮލިސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާދީއްތަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 8615 މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހަޅާފައިވަނީ 7644 މައްސަލައެވެ.  މި މުއްދަތުގެ ތެރޭގައި މި މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު 2911 މީހުން ހައްޔަރު ކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 2314 މީހުން ހައްޔަރު ކުރެވިފައިވެއެވެ.

މިދިޔަ އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 1994 މައްސަލައަކާ، މާރާމާރީގެ 429 މައްސަލައަކާ، ފޭރުމުގެ 376 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1239 މައްސަލައެއް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައި ވަނީ 1546 މައްސަލައަކާ، މާރާމާރީގެ 374 މައްސަލައަކާ، ފޭރުމުގެ 356 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1041 މައްސަލައެވެ. މީގެ އިތުރުން ޓްރެފިކް އެކްސިޑެންޓްގެ 1282 މައްސަލަ ވޭތުވެދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ޓްރެފިކް އެކްސިޑެންޓްގެ 1107 މައްސަލަވަނީ ހުށަހަޅާފައެވެ.

މި މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ ގިނައިން މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 2016 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 1419 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން ވޭތުވެދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 250 މީހުން، ވައްކަމުގެ މައްސަލަތަކުގައި 529 މީހުން، ފޭރުމުގެ މައްސަލަތަކުގައި 86 މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 1097 މީހުން، މާރާމާރީގެ މައްސަލަތަކުގައި 257 މީހުން، ވައްކަމުގެ މައްސަލަތަކުގައި 359 މީހުން، އަދި ފޭރުމުގެ މައްސަލަތަކުގައި 99 މީހުން ހައްޔަރުކޮށްފައިވެއެވެ.

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުދަލަށް ގެއްލުންދިނުމާއި އަދި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި މީގެ އިތުރުން މާރާމާރީ އަދި ފޭރުމުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު މަދު ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ އިތުރު ވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް