19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި

  • ދަގަނޑޭ ވަނީ މީގެކުރިންވެސް ނިއުއަށް ކުޅެފައި
  • ދަގަނޑޭ ފައިގެ ސާޖަރީ ހެދީ މިދިޔަ މެއި މަހު
ލީވާން އަލީ | MrLeevaan

| 16 ޖުލައި 2017 | އާދީއްތަ 12:59 | |އަލީ އަޝްފާގު ދަގަނޑޭއާ އެކު ނިއުގެ ކޯޗު އަދި އޭނާގެ ފިޓްނަސް އިންސްޓްރަކްޓަރު -- ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ކަކުލު ހުޅުގެ ސާޖަރީއަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފަރިތަކުރުންތަކުގައި އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވާން ފަށައިފި އެވެ.

ނުފަޅާ، ކަށި ކޮށްޕައިގެން ސްރީލަންކާގައި މިދިޔަ މޭއި މަހު ދަގަނޑޭ ސާޖަރީ ހަދާފައިވާއިރު، އޭނާ ރިކަވާ ވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ބުރަކޮށް މަސައްކަތްކޮށްފައެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގެ ބޮޑު ބައެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު ދަގަނޑޭ ނިއުއަށް ސޮއެ ކޮށްފައިވަނީ މިދިޔަ މޭއި މަހު އެވެ. އޭނާ ނިއު ޖޯޒީގައި ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ ބުދަ ދުވަހު މާޒިޔާއާ ދެކޮޅަށް ނިއު ކުޅޭ މެޗެވެ.

ދަގަނޑޭ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެއަހަރު އޭނާގެ މޮޅު ކުޅުމާއެކު ނިއުއިން ވަނީ އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި އަހަރު ޕްރެސިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު ވަނީ 2012 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ.

ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ނިއުއިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭ ކާމިޔާބުކޮށްދިން ގިނަ ގޯލްތަކާއެކު ނިއު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

2014 ވަނަ އަހަރު ދަގަނޑޭ ވަނީ މެލޭޝިއާގެ ޕްރެމިއަ ލީގުގައި ކުޅެ އެ ސީޒަންގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މެލޭޝިޔާގައި ކާމިޔާބު ދެސީޒަނެއް ހޭދަކުރުމަށްފަހު ދަގަނޑޭ ރާއްޖެ އައީ މިދިޔަ އަހަރުގެ މެދުތެރެއިންނެވެ. މިދިޔަ ސީޒަންގެ ފަހުބައިގައި އޭނާ ކުޅުނީ މާޒިޔާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް