20 ޖޫން 2018 | ބުދަ | 04 އަދަ
އިމްސާކް 04:15
06 ޝައްވާލް 1439
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

  • ޕާޓީތަކުން ވަކިވި މެމްބަރުން އަސްލަށް ރުޖޫއަވުމަށް ހުކުމް ކުރި ނަމަ ގެއްލުން އޮތީ ޕީޕީއެމް އަށް
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 16 ޖުލައި 2017 | އާދީއްތަ 02:43 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
  5. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  6. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ


ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން -- ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ހަމާޒުވެފަ އެވެ. މި ހުކުމާމެދު އުފާ ފާޅުކުރަމުންދަނީ ހަމަ އެކަނި ޕީޕީއެމްގައި މި ވަގުތު ތިބި މެމްބަރުންނެވެ. ސުވާލަކީ މިއީ ވެރިކަން ކުރާ ޕީޕީއެމްއަށް ނެރެދިން ހުކުމެއް ހެއްޔެއެވެ.

 

އެ ހުކުމާއެކު ޕީޕީއެމްގެ މެމްބަރުން ވަނީ "ދެން އަތްޖަހާ" އުފާ ފާޅު ކުރުމަށް ގޮވާލާފަ އެވެ. މި ހުކުމުގެ ސަބަބުން ނަތީޖާއަކަށް ވެގެންދާނެ ކަމަށް ބެލެވެނީ ދާދިފަހުން ޕީޕީއެމް އިން ވަކިވެފައިވާ އަދި ވަކި ކޮށްފައިވާ ހަތަރު ފަސް މެމްބަރެއްގެ ގޮނޑި ގެއްލުމެވެ.

 

ސުޕްރީމް ކޯޓުން ހުކުމުގައި ބުނަނީ އެމީހަކު އިންތިހާބުވި ޕާޓީ އަކުން އެމީހަކު ވަކި ކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެ ހުކުމުގައި ބުނެފައިވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ޕާޓީން ވަކިވެ ނުވަތަ ޕާޓީ ބަދަލުކޮށް ނުވަތަ އެހެން ޕާޓީއަކާ ގުޅުން ކަމަށް ވާނީ އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ކަމަށެވެ.

 

އެހެން ކަމުން ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރި މެމްބަރުންގެ ތެރެއިން މިހާރު އެ ޕާޓީން ވަކިވެފައިވާ މެމްބަރުން އެ ޕާޓީތަކުން ވަކި ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި ނަމަ އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.

 

އެހެން ކަމަށްވާނަމަ ޕީޕީއެމް ބޭނުންވި ގޮތަށް ޕީޕީއެމްގައި ތިއްބެވުމަށްފަހު އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުނު މެމްބަރުންގެ ގޮނޑިތައް ގެއްލުވާލެވުނީ އެވެ.

 

މިއީ ޕީޕީއެމްއަށް ކޮށްދިން ހުކުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ސަބަބަބުތައް އެބަ ހުއްޓެވެ. އެ މައްސަލަ ބަލަން ފެށި ހިސާބުން ގޮސް ހުކުމާ ހަމައަށްވެސް ފާހަގަ ކުރެވޭ ދުސްތޫރީ މައްސަލަތަކެއް އެބަ ހުއްޓެވެ.

 

ސުޕްރީމް ކޯޓަށް އެ މައްސަލަ ބަންޑާރަ ނައިބު ހުށަހަޅުއްވާ ފާހަގަ ކުރެއްވި ހުރިހާ ނުކުތާތަކެއް ބިނާވެފައި އޮތީ އެމީހަކު އިންތިހާބުވާ ޕާޓީން ވަކި ވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ އެ މެމްބަރަކު ހޮވުމަށް ވޯޓުލީ ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ މައްޗަށެވެ. އެހެން ކަމަށްވާނަމަ މިހާރު ތިބި މެމްބަރުންގެ ތެރެއިން ޕީޕީއެމްއަށް ފަހުން ބަދަލުވި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބައެއް މީހުނަށް ހީވި އެވެ. ނަމަވެސް ހުކުމް އައީ ހުރިހާ ގޮތަކުން ވެސް ޕީޕީއެމްއަށް ގެއްލުން ނުވާނެ ގޮތަށެވެ. އެ ހުކުމް ކުރާ ދުވަހުން ފެށިގެން ޕާޓީ ބަދަލު ކޮށްފި ނަމަ ކަމަށް ބުނުމުން އޭގެ އަސަރު ކުރަނީ ފަހުން ބަދަލުވި މެމްބަރުނަށެވެ. ނަމަވެސް އެ ހުކުމާއެކު މިހާރު ތިބި މެމްބަރުން އެމީހަކު އިންތިހާބުވި ޕާޓީއަށް ރުޖޫއަވުމަށް ހުކުމް ކުރި ނަމަ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން އިންތިހާބު ކާމިޔާބު ކުރުމުމަށްފަހު ޕީޕީއެމްއަށް ދިޔަ މެމްބަރުނަށް އަސްލަށް ރުޖޫއަ ވާން ޖެހޭނެ އެވެ. އަދި އޭރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ އަދަދު މަދުވެ ކޯލިޝަނަށް މެމްބަރުން އިތުރުވީ އެވެ. އަދި ހުކުމުގައި ފަނޑިޔާރުން އެ ފާހަގަ ކުރައްވާ ގޮތައް މެމްބަރުން ހޮވުމަށް ވޯޓުލީ މީހުން ބޭނުންވި ގޮތަށް ބަދަލު ކޮށްދެވުނީ އެވެ. ނަމަވެސް އެހުކުމް އެގޮތަށް ނުކުރީ އެއީ ޕީޕީއެމްއަށް ކޮށްދިން ހުކުމަކަށްވާތީ ކަމަށް ބައެއް މީހުން ބުނަނީ އެހެންވެ އެވެ.

އޭގެ އިތުރުން ގާނޫނީ ގޮތުންވެސް އެ ހުކުމުގައި ހުރި މައްސަލަތައް އެހާމެ ގިނަ އެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ޝަރުތުތަކުގެ ތެރެއިން ސުޕްރީމް ކޯޓުން އެވަނީ އަކުރެއް އިތުރުކޮށްފައި އެެވެ. ނަމަވެސް އެކަން ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ގަނޫނުގައި ބުނެފައިނުވެ އެވެ. އެ މައްސަލާގައި ދެން ފާހަގަ ކުރެވުނު އަނެއް ކަމަކީ ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގެ ތެރެއަށް ތަދައްހުލް ވުމަށް ރައްޔިތުންގެ މަޖިލީހަށް 31 މެމްބަރަކު ހުށަހެޅުން އެ ފުރުސަތު ދީފައިނުވުމުމެވެ. އެ އަޑުއެހުން ނިންމާލީ ހަމަ އެކަނި ބަންޑާރަ ނައިބު އަމނިލްގެ ވާހަކަތަކަށް ބިނާކޮށެވެ. ތަދައްހުލުވާން އެދުނު ފަރާތަކީ އެ މައްސަލާގައި އެންމެ ބޮޑު މަސްލަހަތެއް ހިމެނޭ ފަރާތް ވާއިރު، އެ ފަރާތްތަކަށް ފުރުސަތު ނުދިނުމަކީ ވެސް މައްސަލައެކެވެ. މީގެ އިތުރުންވެސް މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ޝަރުތުތައް އިތުރުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ކައުންސިލަރުން އިންތިހާބުވާ ޕާޓީ ބަދަލު ކުރުމަކުން އޭނާ ގޮނޑި ނުގެއްލޭނެ ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހުކުމާ ދިމާ އިދިކޮޅު ހުކުމަކަށް ވުންވެސް މީ ފާޑުކިޔުންތައް އަމާޒުވި އެއް ކަންތަކެވެ.

މި ހުކުމާއެކު ޕީޕީއެމް އިން އުފާފާޅުކޮށް އުޅުމުގެ އަސްލަކީ މިއީ ކަމަށްވެސް ވެދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިންގާޒީ

11 މަސް ކުރިން

ސަދޫމް ގެ އިންސާފު މި ތާ އޮތީ....

2
0
ބޯހަލާކު

11 މަސް ކުރިން

މިތިން ފަޑިޔާރުންނަކީ ރާއްޖޭގެ ހަލާކު... ހެހެހެހެހެ

3
0
ޖިނާހު

11 މަސް ކުރިން

މިއީއަސްލު ޕީޕީއެމް އައް ނިންމާދިން ހުކުމެއް ނުން. އަސްލު ޕީޕީއެމް އަކީ ވަރައް ހަމައިގެ އޮންނަ އެޕާރޓީން ހެދިފައިވާ ގަވާއިދާއި އެއް ގޮތައް އަމަލު ކުރާނެ ޕާރޓިއެއް. އެޕާރޓިގެ ރައީސް މިއީ ތެދެއް ކަމައް ހެކިދޭނެ. މިހާރު ވަކިބަޔަކު ޕާރޓީ އެމީހުންގެ ބާރު ކޯރޓްތަކައް ފޯރުވައިގެން އަސްލުޕީޕީއެމް އުފެއްދިމީހުން އަތުން ގަދަކަމުން އަތުލައިގަނެގެން އެޕާރޓީ އެ ހިންގަނީ އެޕާރޓީ އުފެއްދި މަގްސަދާއި ކަޑައެޅިގެން ޚިލާފައް. ސްޕްރީމްގެ މިހުކުމަކީ ވެސް ހަމަ އެއިގެ ކަމެއް.

2
2