19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

އަބުރުގެ ގާނޫނު

އަބުރުގެ ގާނޫނުގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ

 • އަބުރުގެ ގާނޫނުގެ މައްސަލާގެ އަޑުއެހުންތައް މި ފަށަނީ ގިނަ ދުވަސްތަކަކަށްފަހު
 • އަބުރުގެ ގާނޫނުގެ ގިނަ މާއްދާތައް ވަނީ ބާތިިލް ކުރަން ހުށަހަޅާފައި
 • އެ މައްސަލާގެ އަޑުއެހުންތައް ފެށުމަށް ނިންމާފައިމިވަނީ ހައި ކޯޓަށް ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުން
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 15 ޖުލައި 2017 | ހޮނިހިރު 22:11 | |

މަގުބޫލް

 1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


ހައިކޯޓު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

"އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށް، ތަސްދީގުކޮށްފައިވާ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

 

އެ މައްސަލާގެ އަޑުއެހުންތައް ފެށުމަށް ނިންމާފައިމިވަނީ ހައި ކޯޓަށް ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުންނެވެ.

 

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށައަޅުއްވާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލު އެވެ.

 

ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންފައިވަނީވެސް މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އެ މައްސަލަ ހުށަހެޅިއިރުވެސް އަދި އޭގެ ފަހުންވެސް ވަނީ މައްސަލަ ހުށަހެޅި ފަރާތުން ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

 

އެ މައްސަލައިގައި އެދިފައިވަނީ އަބުރުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) (ނ) (ރ) އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ނ) (ރ) އާއި 18 ވަނަ މާއްދާގެ (ނ) (ރ) އާއި 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އާއި 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އާއި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި ހަމަ އެ މާއްދާގެ (ށ) ބާތިލްކޮށްދިނުމަށެވެ.

 

އެ މައްސަލައިގައި އެދިފައިވަނީ، ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

 

އެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

 

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް މިވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެ އެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާ އަށް ވަނީ ދީފަ އެވ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދިވެހިން

11 މަސް ކުރިން

މައްސަލަ ބަލާ ގާޒީން ކުރެން ޝަރީޢަތުގައި އަހަންވާނެ 10 މަސް ދުވަސް ނެގޭ ކީއްވެތޯ؟ މުސާރަ ކުޑަކަމުންތޯ ނުވަތަ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮވެގެންތޯ؟ ޕްރެޝަރެއް އޮތްނަމަ އެމައްސަލަ އެއްވެސް ފަރާތެއްގަ ނުޖެއްސީ ކީއްވެތޯ؟

0
0