28 ޖުލައި 2017 | ހުކުރު | ފުސް 14

ރާއްޖޭގެ ފުރަތަމަ އެންމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އާއްމުކޮށްފި

  • އެކުދިންނަށް މަހަކަށްވުރެ ގިނަ ދުވަހު އޭޑިކޭއިން ވަނީ ފަރުވާ ދީފައި

| | | phaxyn | |



އެއްމާބަނޑު ހަތަރު ކުދިންނާއި އެކުދިންގެ މައިންބަފައިން، އަދި އޭޑީކޭއިން އެކުދިންނަށް ހިދްމަތްދިން ޑޮކްޓަރުންނާއި ނަރުހުން -- -- ފޮޓޯ:ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި ދިވެހި އަންހެނަކު ވިހެއި އެންމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އޭޑީކޭ ހޮސްޕިޓަލުން އާއްމު ކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި އުފަންވި އެ ހަތަރު ކުދިން އުފަން ވެފައި ވަނީ ބަނޑަށް ހަތް މަހުގަ އެވެ.

އެ ހަތަރު ކުދިންނަކީ އެ ދެމަފިރިންގެ އަލަތު ކުދިންނެވެ. 

އެއްމާބަނޑު މި ހަތަރު ކުދިން ވިހެއީ ސިޒޭރިއަށް ހަދައިގެންނެވެ.

އޭޑީކޭ ހޮސްޕިޓަލުން އެ ހޮސްޕިޓަލްގެ ޓްވިޓަރއިން އެ ފޮޓޯ އާއްމުކޮށްފައިވަނީ އެކުދިންގެ މައިންބަފައިންގެ ހުއްދައާ އެކު ހޮނިހިރު ދުވަހު އެވެ. އަދި އެފޮޓޯގައި އެކުދިންގެ މައިންބަފައިންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލްގެ އިސްމުވައްޒަފުންނާއި އެކުދިންނަށް ހިދްމަތް ފޯރުކޮށްދިން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މުވައްޒަފުން ހިމެނެއެވެ. 

މަހަކަށް ވުރެ ގިނަ ދުވަހު އެ ހަތަރު ކުދިންނަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ ހުކުރު ދުވަހު އެވެ.

އޭޑީކޭއިން ބުނީ އެކުދިންނަށް ފަރުވާ ދެމުންދިޔައީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށާއި 24 ގަޑިއިރު އެ ކުދިން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.  

އެއްމާބަނޑު ހަތަރު ކުދިންނަށް ރާއްޖެ ޓީވީގެ ފަރާތުން ހަދިޔާ ދެނީ

އެކުދިންގެ ބައްޕަ އަހުމަދު އަޝްފާގު "ރާއްޖެއެމްވީ"އަށް ބުނެފައިވާ ގޮތުގައި ދެމަފިރިންގެ އަލަތު ކައިވެންޏަށް ހަ އަހަރު ފުރުނުއިރު ވެސް ކުއްޖަކު ނުލިބިގެން އެކަމަށް ކުރި މަސައްކަތް ކާމިޔާބުވެ، އެއްމާބަނޑު ހަތަރު ކުދިން ލިބުނީތީ ވަރަށް ބޮޑަށް އެ އާއިލާ ތިބީ އުފަލުންނެވެ. 

އެއްމާބަނޑު ހަތަރު ކުދިން ނުވަތަ އެއަށް ވުރެ ގިނައިން އެއްފަހަރާ ކުދިން ވިހެއުމަކީ ދުނިޔޭގެ ނިސްބަތުން ވެސް މަދު ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ދުނިޔޭގެ ސަމާލުކަން ވެސް ބޮޑެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ