19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ގދ. އަތޮޅުގެ ހަތަރު ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށްފި

  • ޖަލްސާ އޮންނާނީ ގައްދޫ އެމްޑީޕީ ހަރުގޭގައި މިރޭ
  • ރަށްރަށުން ވަރަށް ހޫނު މަރުހަބާއެއް މިޓީމަށް ކިޔާފައިވޭ
  • މިޓީމް ޒިޔާރަތްކޮށްފައިވަނީ މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، އަދި ފަރެސް މާތޮޑާއަށް
ރިޒުނާ ޒަރީރު | RiznaZareer

| 15 ޖުލައި 2017 | ހޮނިހިރު 13:13 | |ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ގދ. އަތޮޅުގެ ހަތަރު ރަށަށް ޒިޔާރަތްކުރުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ޓީމްތަކުން ގދ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފި އެވެ.
 

ހޮނިހިރު ދުވަހު ހެނދުނު މިޓީމުން އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، އަދި ފަރެސް މާތޮޑާއަށެވެ. އެއަށްފަހު މިއަދު ހަވީރު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ގައްދޫއަށެވެ.

 

މިރަށްރަށަށް ޒިޔާރަތްކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްކާއި ބައްދަލުކޮށް ރައްޔިތުންނަށް ގައުމުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ.

 

މިބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުއްދީނާއި އަދާލަތު ޕަޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފާއި ޕާޓީތަކުގެ އިސްވެރިން ބައިވެރިވިއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ޖަލްސާ މިރޭ ގދ.ގައްދޫގައި އޮންނާނެއެވެ.

 

މިޖަލްސާ އޮންނާނީ ގައްދޫ އެމްޑީޕީ ހަރުގޭގައި މިރޭ 21:00 ގައެވެ.  

 

މިއީ ފާއިތުވި އަހަރުތަކުގައި ގުޅިފައިވާ ޕާޓީތަކުން ގައްދޫގައި މިގޮތަށް ބާޢްވާ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވާހަކަދައްކަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް