28 ޖުލައި 2017 | ހުކުރު | ފުސް 14

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

  • ސިޔާސީ ހުރިހާ ފަރާތްތަކުން ރައީސް ޔާމީނާއި ދެކޮޅުވާ ގިނަ ސަބަބުތަކެއް އޮވޭ
  • އަޅުގަނޑަށް ޔާމީން 2.5 މިލިއަން ޑޮލަރު ދޭން ޖެހޭ
  • ފާރިސް އޭ ވިދާޅުވެ، ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް

| | | rushdhar | |



ރައީސް ޔާމީނާއި އަސޭލާ -- ފޮޓޯ:ރާއްޖެ އެމްވީ

ރައީސް ޔާމީން ސިހުރުގެ އެއްވެސް ކަމެއް ގަބޫލުނުކުރައްވާނަަމަ، އޭނާ ލައްވާ ސިހުރު ހަދައިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޔާމީންގެ ކޮޅަށް ބަދަލުކުރުމަށް މަސައްކަތްކުރެއްވީ ކީއްވެގެންތޯ އެކަންކުރިކަމަށް އަމިއްލައަށް އިއުތިރާފްވި އަސޭލާ ވިކްރަމަސިންގްހަ ސުވާލުކޮށްފިއެވެ.

އަންގާރަދުވަހުގެ ރޭ، ޕްރޯގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސިހުރު ހާހޫރައިގެ ކަންކަން ގަބޫލުނުކުރައްވާކަމަށާއި އަސޭލާ އެމަނިކުފާނަށް ތައާރަފްކޮށްދެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ކަމަށެވެ. ރާއްޖެޓީވީ އިން ކެނޑިނޭޅި ކުރި ސުވާލަށް އެމަނިކުފާނު ވިދާޅުވި "އާ ޔޫ ސީރިއަސް؟" އަށް އަސޭލާ ވަނީ ޖަވާބުދެއްވާފައެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އަސޭލާ ބުނީ އޭނާ ރައީސް ޔާމީނަށް ތައާރަފް ކޮށްދީފައިވަނީ ރައީސް ޔާމީންގެ ޅިޔަނު މުހައްމަދު މަނިކު (ބިސް މަނިކު) ކަމަށާއި ފާރިސް މައުމޫނާއި ބެހޭ ގޮތުން ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

'އޯ ކަމް އޯން. އެއީ ބޮޑު ޖޯކެއް. ޔާމީނަކީ ރާއްޖޭގެ ރައީސް. އަހަރެން އެވަރުގެ ތުހުމަތެއް އަޅުވަންވީ ކީއްކުރަން؟ އެމަނިކުފާނު (ދެއްވަންޖެހޭ) ފައިސާ ހޯދަން އުޅެންވީ ކީއްކުރަން؟" ރައީސް ޔާމީނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނިންތޯ ރާއްޖެއެމްވީ އިން އެހި ސުވާލަށް އޭނާ ޖަވާބުދިނެވެ.

އަސޭލާ ބުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޔާމީންގެ ކޮޅަށް އަނބުރަން، ސިހުރު ހަދަން 2.5 މިލިއަން ޑޮލަރު ދޭން ނިންމިކަމަށެވެ.

"އަހަރެމެން އެއްބަސްވުމަކަށް ދިޔައީ. އޭގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ނަސަންދުރާގައި. އަހަރެން އެހިން، ރައީސްކަން ލިބި، އޭރުން ބައްދަލުވެއްޖެއްޔާ، އަހަންނަށް ކޯއްޗެއްހޭ ލިބޭނީ. އަހަރެންވެސް ބޭނުމެއް ނުވާނެ ހިލޭ ސާބަހަށް އޭނައަށް މަސައްކަތް ކޮށްދޭކަށް. އެހެން ބުނީމާ، (ރައީސް ޔާމީން) ވިދާޅުވި ދެބައި މީހުން އެއްބަސްވެގެން އެއްޗެއް ކިޔާނީއޭ. އަހަރެން ބުނީ 2 (މިލިއަން ޑޮލަރު). ވިދާޅުވި މައްސަލައެއް ނެތޭ، އެއަށްވުރެ ގިނަވެސް ކުރެވިދާނެއޭ. އެހެންވެ އެއްބަސްވީ، އިންތިހާބުގެ ފަހުން 2.5 މިލިއަން ދޭނީއޭ. ދެން (ރައީސް ޔާމީނަށް) އިންތިހާބު ކާމިޔާބުވީ،" އަސޭލާ ކިޔައިދިނެވެ.

ރިޔާސީ އިންތިހާބުގެ ފަހުން، އަސޭލާ އާއި ރައީސް ޔާމީންގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނުކަމަށާއި ގިނަގިނައިން ދިމާވިކަމަށް އޭނާ ބުންޏެވެ.

"އަމިއްލައަށް އަންދާޒާކޮށްލައްވާ. ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 25 ޕަސެންޓް. ދެވަނަ ބުރު ކާމިޔާބު ކުރުމަށް ދެ މީހުންވެގެން ރޭވީ. އަހަރެން ބުނިން ވަގުތުން ދެވަނަ ބުރަކަށް ދާނަމަ، ރައީސް ޔާމީނަށް ގެއްލޭނެއޭ އިންތިހާބު. އަހަރެން ބުނިން އަހަންނަށް ވަގުތު ބޭނުންވެއޭ މާލޭގެ ހާލަތު ބަލަން. އިންތިހާބު ފަސްކުރީ ދެތިން ފަހަރު. އަމިއްލައަށް ބަލާ، އެނގޭނެ. ރައީސް ވިދާޅުވި، އަސޭލާއޭ ދެން ކިހިނެތް ހެއްޔޭ ވާނީ. އަހަރެން ހުރީ ނަސަންދުރާގައި ބަހައްޓާފަ. އަހަރެން ރާއްޖެ ގެނެސް، އެހުރިހާ ހަރަދެއް ކުރީ ޔާމީން. އޭރު ކެމްޕޭންގެ ކަންތައް ހިނގަނީ ނަސަންދުރާގައި،" އޭނާ ބުންޏެވެ.

 

"އަހަރެން ދޮގު ހެދުމުުގެ ބޭނުމެއް ނެތް. އެއްވެސް އިރެެއްގައި އަހަރެން ދޮގެއް ނަހަދަން. އޭނާ ކޮންމެ މީހެއްވެސް ބޭނުންކުރީ. އެހެން މީހުންނާ ދޭތެރޭ ކޮންމެ ކޮންމެ ގޮތަކަށް ކަންކުރިއަސް، އަހަންނަކަށް ގޮތެއް ނެހެދޭނެ. ރައީސް ވިދާޅުވި އިންތިހާބުގެ ފަހުން ފައިސާ ދެއްވާނަމޭ. އިންތިހާބު ނިމުނީމާ، ފައިސާގެ ވާހަކަ ދެއްކުމުން، ރައީސް ވިދާޅުވީ އަސޭލާއާއޭ ތިމަންމަނިކުފާނަށް އަދިވެސް އެ މައްސަލަ ކުރިމަތިވެއޭ އެބަ މާލޭގައި. އޭރުވެސް އެމްޑީޕީން ދިޔައީ މައްސަލަ ޖައްސަމުން. އެކަމަށް ހައްލެއް ހޯދަދޭށޭ. އެހެން ވިދާޅުވެފަ، އަހަންނަށް (ލަންކާގައި ހުންނަ ދިވެހި) އެމްބަސީ އިން ވަޒީފާ ހަމަޖައްސައިދިނީ، ސެކަންޑް ސެކަޓްރީގެ މަގާމު."

 

އަސޭލާ ކިޔައިދިން ގޮތުން، އޭނާ ނައިބު ރައީސް އަހްމަދު އަދީބުގެ ދައުުރުގައި ޗައިނާ އަށް ދަތުރެއް ކުރިއެވެ. އެއީ ރާއްޖޭގައި އިންޓަނޭޝަނަލް ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތުގައި އިންވެސްޓަރުން ހޯދުމަށް ކަމަށާއި ރައީސަށް ވަރަށް ސާފުކޮށް މިކަން އެނގިވަޑައިގަންނަވާނެކަަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން ލަންކާއަށް އަނބުރާ އައީ ނޮވެމްބަރ 14ގައި. އަދީބު ޗައިނާއަށް ވަޑައިގެންނެވީ ނޮވެމްބަރު 13ގައި. އަހަރެން އަނބުރާ އައުމުން، ބައެއް ރައްޓެހިން ގުޅާފަ ބުނި، ރައީސް ވަރަށް ނުރުއްސަވާފައޭ ހުންނެވީ. އަހަރެން އެހިން ކީއްވެހޭ. ދެން ބުނީ އަދީބާއި ޗައިނާގައި ބައްދަލުކުރީމައޭ. އެހެން ބުނީމާ، އަހަރެން ރައީސް ޔާމީނަށް ގުޅިން. ޔާމީން މެސެޖުކުރެއްވި، އަސޭލާއޭ ވަރަށް ހިތާމަކުރަމޭ މި މައްސަލައިގައި. އަހަރެން ދެންނެވިން، ބައްލަވާށޭ ރައީސް ޔާމީންވެސް ތީ ތަސަައްރަފްފުދިފައިވާ ބޭފުޅެކޭ. ތީ ގައުމުގެ ރައީސޭ. ތިޔަބޭފުޅާއަށް އެނގިލައްވާނެއޭ ޕްރޮޓޮކޯލް. ބޭނުންފުޅުވާނަމަ، އަދީބުގެ އައިޓިނަރީ ބައްލަވާށޭ. ގައުމެެއްގެ ނައިބެއް އެހެން ގައުމަކަށް ދަތުރުކުރައްވާއިރު، އެގައުމެއްގައި އެމްބަސީއިން ނައިބުގެ ކަންކަން ބައްލަވާނެއޭ. ޕްރޮޓޮކޯލެއް އޮންނާނެއޭ. ބައްލަވާށޭ. ބެއްލެވީމާ އެނގޭނެއޭ އަޅުގަނޑު ބައްދަލުކުރިތޯ އަދީބާ،" އަސޭލާ ކިޔައިދިނެވެ.

އަސޭލާ ބުނާ ގޮތުގައި އޭނާ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގުޅިގެން މަސައްކަތް ކުރުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަހަރެން އަދީބާއި ގުޅިގެން މަސައްކަތްކުރަންވީ އެއްވެސް ސަބަބެއް އެބައޮތްތޯ؟ ރައީސް ވިދާޅުވީ އަހަރެން އަދީބާއި ބައްދަލުކުރިއޭ. އަހަރެން ބުނިހާވެސް އެއްޗަކީ މިކަން މިހާރު މަސައްކަތެއް ނުކުރެއޭ، އަހަންނަށް ދޭންޖެހޭ ފައިސާ ދެއްވާށޭ. އެހެން ދެންނެވީމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ ޒަމީރު ގުޅުއްވާނެއޭ. ޒަމީރު ގުޅުއްވާފަ ވިދާޅުވި ދެތިން ދުވަހެކޭ ވާނީ، ފައިސާ ހަމަޖައްސަވާދެއްވާނަމޭ. އަދިއަދަށްވެސް އެކަން ހަމަނުޖެހޭ. މީ ކަން ހިނގައިދިޔަގޮތް. އަހަރެން އަތުގައި އަދިވެސް އެބަހުރި ހެކި، ޓިކެޓުތަކާއި އެކަހަލަ އެހެން ހެއްކާއި ވީޑިޔޯ. އެމަނިކުފާނު އެކަން ގަބޫލުނުކުރާނަމަ،އަހަރެން ލައްވާ އެކަން ކުރުވަންވީ ކީއްކުރަން؟"

އަސޭލާ ބުނީ ރައީސް ޔާމީން މިހާރު ސްމާޓް ވާން ޖެހިއްޖެކަމަށެވެ.

"ރައީސް ޔާމީނަކީ ގައުމުގެ ރައީސް، އެމަނިކުފާނު އެއަށްވުރެ ސްމާޓްވާން ޖެހޭ. ޕްރެސްތަކުގައި އެފަދަ (ސިހުރު ހާހޫރަ ހެދުންފަދަ) ވާހަކަދެއްކުމުން ދުރުވާންޖެހޭ. އެހެން ވިދާޅުވީމަ، އަހަންނަށްވެސް މަޖުބޫރުވީ މިވާހަކަތައް ދައްކަން. މިހެން ވާހަކަތައް ދައްކަން ފެށީމަ، ވަރަށް ލަދުވެތި. ބައްލަވާ، މިހާރު މައުމޫނަށް، ގާސިމަށް، ފާރިސަށް، އަދީބަށް، ނާޒިމަށް ކުރިމަތިވެފައިވާ ހާލަތު. ހުރިހާ ލީޑަރުން (ރައީސް ޔާމީން) ބޭނުން ކުރެއްވީ. އެ ބޭފުޅުން އެންމެ ބޮޑަށް ބޭނުން ކުރެއްވީ. މިހާރު އެބޭފުޅުންނަށް ހުރިހާ ކަމެއް އެ ޖެއްސެވީ. އެކަކު، ދެމީހަކު ނަމަވެސް ގަބޫލުކުރެވިދާނެ މިސްޓޭކެއް ކަމަށް. އެކަމަކު ހުުރިހާ އެންމެން ދެކޮޅުވީމަ، އެބަ އިނގޭ މައްސަލައެއް އޮތް ކަން. ޔާމީނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން. މިއަދުވެސް އަހަރެންގެ އަތުގައި ހުރި ހެކި އާންމުކޮށްފިނަމަ، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވަން. އެކަމަކު، އަހަރެންގެ އަތުގައި ހެކީގެ ގޮތުގައި ހުރި ވީޑިޔޯގައި އަހަރެންގެ ރައްޓެހިން ފެނޭ. އެމީހުންގެ ސަލާމަތަށް އެބަ ޖެހޭ ވިސްނަން،" އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް އަސޭލާކޮށްފައިވާ ތުހްމަތުތައް ރައީސް ޔާމީން ވަނީ ދޮގުކުރައްވައިފަ އެވެ. އެ މަނިކުފާނު އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ ސިހުރާއި ފަންޑިތައަކީ އެ މަނިކުފާނު ގަބޫލު ކުރައްވާ އެއްޗިއްސެއް ނޫން ކަމަށެވެ. 

 

އެޑިޓަރުގެ ނޯޓް: އަސޭލާގެ ހާއްސަ އިންޓަވިއުއެއް، ރާއްޖެއެމްވީ އާއި ރާއްޖެޓީވީން ގެނެސްދިނީ އަންގަރާ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސޭލާގެ މައްޗަށް ރައީސް ޔާމީން ތުހްމަތު ކުރެއްވި ކަންކަމާ ގުޅޭ ގޮތުން އަސޭލާގެ ބަސް ހޯދުމަށެވެ. އަބުރުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހެއްގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓެއް ގެނެސްދޭނަމަ ދެ ފަރާތުގެ ބަސް ގެންނަންޖެހޭ ކަމަށް ބުނެފައިވެ އެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ


ސިހުރު

2 ހަފްތާކުރިން

ޔާމީނު ސިހުރު ހެދީ ވަގަށް ސިއްރުން. ނަޝިދު ހެދީ ފާޅުގައި އެމްޑީޕީގެ އެތައް ބައެއްގެ ތާއީދުގައި. ހެކި ބޭނުންތަ؟ ރާއްޖެ ޓީ، ދިޓީވީ، ފަދަ . ޓީވީތަކުގައި ހުންނާނެ އުސްފަސްގަނޑު ހިފައިގެން އުޅުނު ދުވަސްވަރުގެ ވީޑިއޯތައް. މަގުމަތީ ހިނގީ ދުންއަޅަމުން

0
0
އިސްމާލް

2 ހަފްތާކުރިން

އަސޭލާ، އަޅެ ޔާއަށް ކީތަ ކޮށްދިނީ، އޭގެ ތަފްސީލް ރަގަޅު ސެއާރ ކޮށްލަން؟

0
0
ހަސަން

2 ހަފްތާކުރިން

ތީ މުޅިން ފޭކް

1
0
ނިގޫފިތިފަ

2 ހަފްތާކުރިން

މީ ހަމަ އަސްލުވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައާސުލް ޖުމުހޫރިއްޔާތޯ؟

0
0
suvaalu

2 ހަފްތާކުރިން

aseyla thi bunaa sihureh hadhaigen molhu kodhin gotha verikan noonee meehege budhi aai fikuru badhalu mohgen viyass thi faisaa hodhumakee tbihaa faseyha mamaka vaairu keeveba ekan nukuranee???

6
3