22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

އަދީބުގެ ބޭސްފަރުވާގެ މައްސަލަ

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

 • ދައުލަތަށް ފައިސާއެއް ދެއްކުމަށް އަދީބުގެ މައްޗަށް ހުކުމެއް ނެތް
 • އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ފައިސާ ދެއްކުމަށް ފަހު
 • ހަދިޔާގެ ގޮތުގައި ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދީބުގެ އަތުގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 12 ޖުލައި 2017 | ބުދަ 07:08 | |

މަގުބޫލް

 1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
 2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
 3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
 4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
 5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
 6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
 7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
 8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


އަދީބާއި ރައީސް ޔާމީން -- ޓްވިޓަރ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައެއް ދެއްވުމަށް އެދި އެކި މުއައްސަސާތަކުގައި އެ ގެންދަވަނީ އެދިވަޑައިގަންނަވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި ހުންނެވި އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށް ދެކޮޅު ހައްދަވަނީ ސީދާ ރައީސް ޔާމީނެވެ. އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ދައުލަތުން ނެންގެވި ފައިސާ އަނބުރާ ދެއްކެވުމުން ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ގްލޮކޮމާ ޖެހިފައިވުން ހިމެނޭ ކަމަށް އާއިލާއާއި ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. މި ބަލިތަކުގެ ތެރެއިން ގްލޮކޮމާގެ މައްސަލަ ބޮޑުވެ، ލޮލުގެ ފެނުން ފުސްވަމުންދާ ކަމަށާއި ފަރުވާ ނުދެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ބުނެ އާއިލާއާއި ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދީބުގެ އެތެރެހަށީގައި ތިން ސިސްޓް އެބަހުއްޓެވެ. ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ކެންސަރު ބަލީގެ ހިސްޓްރީ އަދީބުގެ އާއިލާގައި އެބައޮތެވެ. އަދީބުގެ ބޭބެއެއް ހަމަ މިފަދަ ބައްޔެއްގައި ނިޔާވެފައިވެއެވެ. 

އަދީބަށް ފަރުވާ ނުދެވިއްޖެނަމަ އަވަހާރަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެތައް ބަޔަކު ކިޔަމުން ދަނިކޮށް، ރައީސް ޔާމީން މިވަނީ އަދީބުގެ ފުރާނައިގެ އަގު ކަނޑައަޅުއްވާފައެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުންނަމަ ބޭސްފަރުވާގެ ހައްގު ވެސް އަދީބަށް ލިބެން އޮތީ މިލިއަނުން ޑޮލަރު ދީގެންނެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިދާނެކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އަދީބު ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އެބައޮތްތޯއެވެ؟ އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ ތިން ދައުވާއެކެވެ. ޓެރަރިޒަމުގެ ދެ ދައުވާއަކާއި ޚިޔާނާތުގެ ދައުވާއެކެވެ. ޓެރަރިޒަމުގެ ދެ ދައުވާގައި އަދީބުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވިއެވެ. ދެން އޮތީ މާބިންހުރާގެ ޚިޔާނާތުގެ މައްސަލައެވެ. އެ މައްސަލައިގައި ހުކުމް ކުރީ 8 އަހަރަށް އަދީބު ޖަލަށް ލުމަށެވެ. އެ މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އަދީބުގެ މައްޗަށް އަމުރު ކޮށްފައިނުވެއެވެ. ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާތަކުގެ ތެރެއިން އެއްވެސް މަރުހަލާއަކުން މިހާތަނަށް ބައި ލޯލާރިއެއް ދައުލަތަށް ދެއްކުމަށްވެސް އަދީބުގެ މައްޗަށް އަމުރެއް، ހުކުމެއް ކޮށްފައިނުވެއެވެ.

ދެން ރައީސް ޔާމީން މި ދައްކަވަނީ ކޮން ފައިސާއެއްގެ ވާހަކައެއްތޯއެވެ؟ ފަހަރުގައި އަދީބު ނެންގެވި ކަމަށް އެ ވިދާޅުވާ ފައިސާގެ ތެރޭގައި ރައީސް ޔާމީންގެ ފައިސާ ހުރި ކަމަށް ވެދާނެއެވެ. އެފަދަ ގޮތަކަށް އެމަނިކުފާނު ވާހަކަ ދައްކަވާފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާޢީދުކުރާ، ހެޔޮއެދޭ އެކި ފަރާތްތަކުން ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނަށް ހަދިޔާކުރި ފައިސާ، ހަވާލުކުރެއްވީ އަދީބާ ކަމަށެވެ.  ރައީސް ވިދާޅުވީ، އެ ފައިސާ ހޯއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރި ވެވަޑައިގަތީ އަދީބް ކަމަށެވެ. އަދި އަދީބު ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދީބު މެދުވެރިކޮށް "ބަލަހައްޓަވަމުން" ގެންދެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ އެ ފައިސާގެ ތަފްސީލު އެމަނިކުފާނަށް އެނގިނުލައްވާކަމަށް ވިދާޅުވެފައެވެ. 

ފާހަގަކޮށްލަން ޖެހެނީ އެމަނިކުފާނު ދެން ވިދާޅުވި ބަސްފުޅެވެ. އެންމެ ފަހުން ހައްޖަށް ވަޑައިގެންނެވި ފަހަރު، އެނބުރި ރާއްޖެ ވަޑައިގަތުމުން، އެ ފައިސާގެ ތަފްސީލް ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ލޯންޗުގައި އެއްޗެއް ގޮވީ އެ ދަތުރުފުޅަށް ފަހު ރާއްޖެ އެނބުރި ވަޑައިގަތްތަނުުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދީބުގެ އަތްޕުޅުގައި ހުރީ އެމަނިކުފާނުގެ ކިހާ މިންވަރެއްގެ ފައިސާއެއް ކަމެއް އަދިވެސް އެނގިވަޑައިނުގަންނަވައެވެ. މި ފައިސާއާ ގުޅޭ ގޮތުން ރަށު ތެރޭގައި ދެކެވޭ ގިނަ ވާހަކަތައް މިހާތަނަށް އައިިއިރު ހަގީގަތް ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގަންނަވާފައިވާއިރު، މި ފައިސާއެއްގެ ތެރޭގައި ރާއްޖެއިން ބޭރުގެ ގައުމަކުން ދިން ހަދިޔާއެއް ވެސް ހިމެނެނީތޯއެވެ؟ ތުންތުންމަތިން ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި އަދީބާއި ރައީސް ޔާމީނާ ޖެހުނު މައްސަލައަކީ މި ފައިސާއެއްގެ މައްސަލައެވެ.

ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންގެ ބޭސްފަރުވާއާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަށް ބަލާލަމާތޯއެވެ؟ އެމަނިކުފާނު ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ބަލި ހާލަތެއް މެދުވެރިވީމާ، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދަވަން ބޭނުންފުޅުވީމާ، އެ ބޭފުޅަކު ރާއްޖެއިން ބޭރަށް ވަޑައިނުގެން ހިފަހެއްޓުމަކީ އެމަނިކުފާނަށް ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މީހުންގެ ނުގަބޫލުގައި ބަންދުކުރުމާއި، ހިފަހެއްޓުމަކީ ރާއްޖޭގައި އޮވެގެން ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިހުސާންތެރިކަން ނިޔާކުރަނީ އެބޭފުޅަކު ބޭހަށް ފޮނުވުމަށް ކަމަށެވެ. އަދީބާ ހިސާބުން ރައީސް ޔާމީނުގެ މި ގަބޫލުކުރުން، މި އުސޫލުތައްވެސް ބަދަލުވީތޯއެވެ؟

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން މިވަނީ އަދީބުގެ ފުރާނައިގެ އަގު ކަނޑައަޅާފައެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން އަދީބަށް ލިބިދޭ ބޭސްފަރުވާ ކުރުމުގެ ހައްގު ލިބެން އޮތީ، ފައިސާއަށެވެ. ސަރުކާރުން ވަނީ ފުރާނައިގެ އަގު ވެސް ކިޔާފައެވެ. ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު ދައުލަތަށް ލިބެންޖެހޭ 80 މިލިއަން ވަރަކަށް ޑޮލަރު ނުލިބިވާކަމަށާއި އޭގެތެރެއިން ބޮޑުބައެއް ރާއްޖެއިން ބޭރުގައި ހުރުމަކި އެކަށީގެންވާ ކަމެއް ކަމަށެވެ. އަނިލް ވިދާޅުވީ އެމެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ބޮޑު އަދަދެއް ގުޅިފައިވަނީ އަދީބާ ކަމަށާއި އެފަދަ ހާލަތެއްގައި އެމަނިކުފާނު ފިއްލަވައި އަނބުރާ ގައުމަށް އެނބުރި ވަޑައިނުގެންފިނަމަ އެ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

ސަރުކާރުގެ މި ވާހަތަކުން އުފެދޭ ސުވާލުތައް އިންތިހާއެވެ. އަދީބަށް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވެނީ ފިއްލަވާފާނެތީއެވެ. އަދީބު ފިއްލަވައިފިއްޔާ ދައުލަތަށް ލިބެންޖެހޭ ފައިސާތައް ނުލިބޭނެތީއެވެ. މިއީ ސަރުކާރުގެ ސްޓޭންޑެވެ. އޮތީ ހަމަ އެންމެ ސުވާލެކެވެ. ދޫނިދޫ ގޮޅީގައި އަދީބު އަވަހާރަވެއްޖެނަމަ އެމްއެމްޕީއާރްސީ ފައިސާތައް ލިބޭނެތޯއެވެ. އެ ފައިސާ ހޯދުމަށް ކޮންމެ އަގެއް ދީގެން ނަމަވެސް، އަދީބު ސަލާމަތުން ބަހައްޓަން ނުޖެހޭތޯއެވެ؟ ދިވެހި ސަރުކާރަށް އަދީބުގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވުރެ ބޮޑު ޒިންމާއެއް އެބައޮތްތޯއެވެ؟ އަހަރެމެން އިންސާނުންގެ ގޮތުގައި ތިބެ، ފައިސާއެއް ނުލިބިގެން މީހަކު މަރުވާން ދޫކޮށްލާނީތޯއެވެ؟ އިންސާނިއްޔަތުކަމާއި އިހުސާންތެރިކަމާއި އޯގާތެރި މުޖުތަމައު އެއް ބިނާކުރުމުގެ ވާހަކަ ކޮބައިތޯއެވެ؟ އަދީބާ ހިސާބުން ހުރިހާ އުސޫލުތަކެއް، ގޮތްތަކެއް ބަދަލުވަނީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައްލާ އައްޑޫ ހިތަދޫ ބަދަރުން

11 މަސް ކުރިން

މިޔަމީނުއަކީ ހާދަހާ ވާ ފައިސާގެ އެދުން ބޮޑުމީހެކެވެ. މީހަކު ގަދަކަމުން ހިފަހައްޓއިގެން ތިޔައުޅެނީ މިކަލޭގެއަށް ލިބެންވާ ފައިސާ ނުލިބިގެންނެވެ. މިގައުމުގައި ހުރި ސަލަމާތީބާރުތަކަށް ވެފައި މިތިބީ ކިހިނެއް ހެއިޔެވެ. މިގައުމުގެ ވެރިކަމާއި ހަވާލުވެހުރެ ގައުމުސުންނާފަތިކުރާއިރު ގައުމުގެސަލާމަތީބާރުތަކުން ނާއި ޝަރުއީ ދާއިރާގެ މީހުން މިކަލޭ ހިފާ ހައިޔަރުނުކޮށް އާފިލުވެފާމިތިބީ އަދި ކިހާވަރަކަށް މިގައުމުގެ ދުވަސް ދުއްވާލަވެންދެންތޯ.. ސްޕރިމްކޯޓުން މިއަދު ބަލަންޖެހެނީ މަޖިލީސްގެ މެމްބަރުންގެ ގޮނޑިގެއްލުވާލުމެ މަސައްކަތެއްނޫނެވެ. މިކަލޭގެ ގޮނޑިގެއްލުވާލުމުގެމަސައްކަތެވެ.

2
1