19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ރަމަޟާން 1438

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

 • ކަރާގެ އަގު ވަނީ 6 ގުނަ އުފުލިފައި
 • މިރުހުގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެން ދިޔަ
 • ވަޅޯމަހުގެ އަގުތަކަށް މާބޮޑު ބަދަލުތަކެއް ނާދޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 25 ޖޫން 2017 | އާދީއްތަ 17:22 | |

މަގުބޫލް

 1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


ލޯކަލް މާރުކޭޓް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ކޮންމެ ރަަމަޟާން މަހަކާއި ދިމާކޮށް ލޯކަލް މާރުކޭޓާއި މަސްމާރުކޭޓު ސަރަހައްދަކީ، މާލޭގައި އެންމެ ކާރޫބާރޫ ބޮޑުވެގެންދާ އެއް ސަރަހައްދެވެ. އެގޮތުން ރަމަޟާން މަހާއި ދިމާކޮށް، ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ފުލުހުން ބޮޑެތި ބަދަލުތަކެއް ގެންނަމުންދަނީވެސް، އެ ސަރަހައްދަކީ ރަމަޟާން މަހު، މާލޭގެ ގިނަ ބަޔަކު އެއް ވަގުތުތަެއްގައި ބާޒާރު ކުރުމަށް ދާ ސަރަޙައްދަކަށް ވާތީއެވެ.

ރަމަޟާން މަހަށް ބާޒާރުމަތީގެ ކާރޫބާރޫ ބޮޑުވެގެން ދިޔައިރު، ނިމިގެންދިޔަ ރަމަޟާން މަހަކީ ބާޒާރުގެ އަގުތަކަށްވެސް ފާހަގަކޮށްލެވޭފަދަ ބަދަލުތަކެއް އައި މަހެކެވެ. އެގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާން މަސް ނިމުމާއި ދެމެދު ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގައި ތަކެތީގެ އަގުތަަކަށް ވަނީ ތަފާތު ބަދަލުތަކެއް އައިސްފައެވެ.

ރަމަޟާން މަސް ފެށުނު އިރު މާރުކޭޓުގައި ކަރާގެ އަގު ހުރީ ކިލޯއެއް 15ރ. އަށެވެ. އޭރުވެސް، ކަރާ ކިލޯއެއްގެ އަގު 25ރ. އަށް އަރާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ލަފާކުރިއެވެ. އަދި އެ އަގު އެވަރުގައި ހިފެހެއްޓޭނެ ކަމަށްވެސް އެފަރާތްތަކުން ލަފާކުރިއެވެ. 

އެހެން ނަމަވެސް ވިޔަފާރިވެރިން ލަފާކުރިގޮތާ ޚިލާފަށް، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ދިޔައިރު، ކަރާ ކިލޯއެއްގެ އަގު ވަނީ 80ރ. އާއި 90ރ. އާއި ދެމެދުގެ އަގަކަށް އުފުލިފައެވެ. މިއީ ފާއިތުވެދިޔަ ރަމަޟާން މަހާ އަޅައި ބަލާއިރުވެސް ފާހަގަކޮށްލެވޭފަދަ ބޮޑު އަގެކެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު، ރާއްޖޭގެ ކަރާ މާރުކޭޓުގައި ދިވެހި ކަރާ ލިބޭކަށް ނެތެވެ. އެހެން ކަމުން އެ ދުވަހު ބާޒާރުގައި ވިއްކަމުން ދިޔައީ ބޭރު ކަރައެވެ.

ކަރާގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔައީ، ރަމަޟާން މަހަށް އއ.ތޮއްޑޫއިން ހެއްދި ކަރާ ދަނޑުތަކަށް، ރަމަޟާން މަސް ފެށެން ވެފައިވަނިކޮށް، ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި، ކަރާ ދަނޑުތަކަށް ބަލި ޖެހުމުގެ ސަބަބުންނެވެ. ތޮއްޑޫ އަކީ ރާއްޖޭގައި އެންމެ ގިނައިން ކަރާ އުފައްދާ ރަށެވެ.

ތޮއްޑޫ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ ނޫހު މޫސާ ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުޟާއި ދަނޑުތަކަށް ބަލިޖެހުމުގެ ސަބަބުން، ކަރާގެ ވިޔަފާރިކުރާ އެރަށުގެ  90 އިންސައްތަ ދަނޑުވެރިންނަށް މިފަހަރުގެ ރަމަޟާން މަހު ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަރާގެ އިތުރަށް މިރުހާއި، ލުބޯގެ އަގަށްވެސް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް އައިސްފައިވެއެވެ.

 އެގޮތުން މިރުހުގެ އަގު ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، 100 ގްރާމް 80ރ. އަށް ހުރި އިރު ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު، މިރުހުގެ އަގު ހުރީ، 100 ގްރާމް 15ރ. ދަށްވެފައެވެ.  މިއީ ވަރަށް ބޮޑު ބަދަލެކެވެ. ކިލޯ އިން ބަލާ އިރު މިރުސް ކިލޯއެއް ރަމަޟާން މަސް ފެށުނު އިރު 800ރ. އަށް ހުރި އިރު ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މިރުސް ކިލޯއެއްގެ އަގު ހުރީ 100ރ. ގައެވެ. މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ ތ. ކަނޑޫދޫ މިރުހެެވެ.

މިބަދަލު އައީ މިރުސް ލިބުން އިތުރުވުމުގެ ސަބަބުން ކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.

މި ރަމަޟާން މަހު، ލުނބޯގެ އަގަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ރަމަޟާން މަސް ފެށުނު އިރު ލުނބޯ ކިލޯއެއް 90ރ. އަށް ލިބެން ހުރި އިރު ރަމަޟާން މަސް ނިމުނު އިރު ލުނބޯ ކިލޯއެއްގެ އަގު ހުރީ 45ރ. އަށެވެ.

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާ އިރު ރަމަޟާން މަސް ފެށިގެން ނިމުނުއިރުވެސް އަގުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެގޮތުން ކޮޕީ ފަތުގެ ތިން ފަތުގެ ބޮނޑިއެއް 20ރ. އަށް އެވްރެޖްކޮށް ހުރި އިރު ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 100ރ. އާއި 150ރ. އާ ދެމެދުގައެވެ. މާރުކޭޓުގައި ލިބެން ހުރި މޭވާގެ ގިނަ ބާވަތްތަކުގެ އަގުތަކަށްވެސް މި ރަމަޟާންމަހު މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ރަމަޟާން މަސް ފެށުނުއިރު 80ރ. އާއި 150ރ. އަށް ހުރި އިރު ރަމަޟާން މަސް ނިމުނު އިރު ކަނޑުމަސް ކިލޯއެއްގެ އަގު ވަނީ 50ރ. އަށް ވެއްޓިފައެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ މެދެއްހާ ހިސާބުގައި ކަނޑުމަސް ކިލޯއެއް 25ރ. ގެ ރޭޓުންވެސް ވިއްކާފައިވެއެވެ. ރަމަޟާން މަހުގެ އެންމެ ފަހު ހަފްތާގައި ކަނޑުމަހުގެ އަގު އުފުލިފައިވަނީ، މަސް ބާނާ ވަރު މަދުވުމުގެ ސަބަބުން ކަމަށް މަސްވިއްކާ ފަރާތްތަކުން ބުނެއެވެ.

ފަރުމަހުގެ އަގުތަކަށް ބަލާ އިރު ރަމަޟާން މަސް ފެށިގެން ރަމަޟާން މަސް ނިމުނު އިރުވެސް ފަރުމަހުގެ އަގުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް، ފަރުމަހުގެ އަގުތަށް ޖުމްލަކޮށް އުޅުނީ މަތީގައެވެ.

ވަޅޯ މަސް މާރުކޭޓުގައި ރަމަޟާން މަސް ނިމުނު އިރު މަސް ކިބައެއްގެ އަގު ހުރީ، 50ރ. އިން ފެށިގެން 100ރ. އާއި ދެމެދުގެ އަގުތަކެއްގައެވެ. ކުދި ވަޅޯ މަހުގެ އަގު ހުރީ 30ރ. އާއި 40ރ. އާ ދެމެދުގައެވެ. ރަމަޟާން މަސް ފެށުނު އިރު ވަޅޯ މަސް ލިބެން ހުރީ 130ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

ނިމިގެން ދިޔަ ރަމަޟާން މަހު މާލޭގެ ބާޒާރުގައި ވިއްކި ހިކިމަހުގެ އަގަށްވެސް މާބޮޑު ބަދަލުތަކެއް އައިސްފައެެއް ނުވެއެވެ.

މުޅި ރަމަޟާން މަހު، ބާޒާރުން ލިބެން ހުރި ތަކެތީގެ އަގުތަކަށް ބަލާ އިރު، އެންމެ ބޮޑަށް އުފުލިގެން ދިޔައީ ކަރާގެ އަގެވެ. މިރުހާއި ލުނބޯގެ އަގު، ދަށަށް ދިޔައިރު، ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގު ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. ކަނޑު މަހުގެ އަގު ރަމަޟާން މަސް ފެށުނު އިރަށް ވުރެ، ރަމަޟާން މަސް ނިމުނު އިރު ހެޔޮވެފައިވާ އިރު ފަރުމަހުގެ އަގުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ވަޅޯ މަހުގެ އަގު ކޮންމެވެސް ވަރަކަށް ހެޔޮވި އިރު، މުޅި ރަމަޟާން މަހަށް ބަލާއިރު ވަޅޯމަހުގެ އަގަށް މާބޮޑު ބަދަލުތަކެއް އައިސްފަ އެއް ނުވެއެވެ.

ރަމަޟާން މަހު ލިބެން ހުރި އަގުތަކަށްވުރެ ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ. ރަމަޟާން މަހު އަގުތަށް އުފުލެނީ، ތަކެތި ގަތުމަށް އޮންނަ ޑިމާންޑް ބޮޑުވުމުންކަމަށްވެސް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް