28 ޖުލައި 2017 | ހުކުރު | ފުސް 14

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ލިބޭނީ ހެޔޮ އަމަލް ކުރުމުގައި ދެމިތިބެގެން:އީދު ޚުތުބާ

  • ހަގީގީ އީމާން ކަމާއި ބާއްޖަވެރިކަން އިހުސާސް ކުރެވޭނީ ނަފުސުގެ ނުބައި ކަމާއި ބޮޑާކަންފަދަ އަމަލުތަކުން ދުރުވެ ތިބެގެން
  • ރަމަޟާން މަހު ނަމާދަށް ފަރުވާތެރިވީ ފަދައިން އާންމު މަސް މަހުގައިވެސް ނަމާދަށް ފަރުވާތެރިވާން ޖެހޭ
  • ދަރިންނަށް ރަނގަޅު ތައުލީމުދީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ކަނބަލުން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައި

| | | dhonbandaara | |



ފިތުރު އީދު ދުވަހުގެ އީދު ޚުތުބާ ދެއްވަނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ކުރާނީ ރަމަޟާން މަސް ނިމުމަށް ފަހު ވެސް ހެޔޮ އަމަލުތައް ކުރުން މަތީ ދެމި ތިބެގެން ކަމަށް ފިތުރު އީދު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދީއްތަ ދުވަހު ކުރެވުނު އީދު ނަމާދުގެ ހުތުބާގައި ބުނެފައި ވަނީ ހަގީގީ އީމާން ކަމާއި ބާއްޖަވެރިކަން އިހުސާސް ކުރެވޭނީ ނަފުސުގެ ނުބައި ކަމާއި ބޮޑާކަން ފަދަ އަމަލުތަކުން ދުރުވެ ތިބެގެން ކަމަށެވެ.

އެޚުތުބާގައި ބުނެފައި ވަނީ ރޯދަމަހުން ލިބުނު ތަޤްވާވެރިކަމުގެ ހަޤީގީ ފައިދާ ކުރާނީ ރޯދަމަހުގެ ފަހުން ހެޔޮ ޢަމަލް ކުރުން މަތީ ތިބެގެން ކަމަށެވެ.

"ރޯދަމަހުން ލިބުނު ތަޤްވާވެރިކަމުގެ ހަޤީގީ ފައިދާ ކުރާނީ ރޯދަމަހުގެ ފަހުން ހެޔޮ ޢަމަލް ކުރުން މަތީ ދެމިތިބެގެންނެވެ. ނަފްސުގެ ނުބައި ކަމުންނާއި ބޮޑާކަން ފަދަ ނުބައި ސިފަތަކުން ރައްކާތެރިވެ ތިބުމަށް ޢަޒުމް ކަނޑައަޅާށެވެ. ހަގީގީ އީމާން ކަމުގެ ބާއްޖަވެރިކަން އިހްސާސް ކުރެވޭނީ އެއިރުންނެވެ،" ޚުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ޒުވާނުންނަށް ނަސޭހަތްތެރިވެފައި ވަނީ ރަމަޟާން މަހު ނަމާދަށް ފަރުވާތެރިވީ ފަދައިން އާންމު މަސް މަހުގައި ވެސް ނަމާދަށް ފަރުވާތެރި ވުމަށެވެ. އަދި ފާހިޝް ކަމާއި ހަޑި ހުތުރު އަމަލުތަކުން އެއްކިބާވުމަށް އީދު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމީ އުންމަތުގެ އެންމެ މުހިންމު ބަޔަކީ ކަނބަލުންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދަރިންނަށް ރަނގަޅު ތައުލީމުދީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ކަނބަލުން މަސައްކަތް ކުރުމަށެވެ.

އަނބީނަށް ހެޔޮކޮށް ހިތައި އޯގާތެރިވުމަށް ފިރިހެނުންނަށް ވަނީ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައެވެ. އަދި ބުނެފައި ވަނީ "އަބީންނަކީ ތިޔަބައިމީހުންނާ ހަވާލުކުރެވިފައިވާ އަމާނާތެއް" ކަމަށެެވެ.

އޭގެ އިތުރުން ހެޔޮބަސް ބުނުމާއި މައިންބަފައިންނަށް ކަމޭ ހިތުމާއި ވެރީންނަށް ކިޔަމަންގަތުމަށް ވެސް އީދު ހުތުބާގައި އިރުޝާދު ދެއްވާފައިވެ އެވެ.

ފިތުރު އީދުގެ އުފާ ފާހަގަކުރަމުންދާ އިރު ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންވެސް ތިބިކަން ހަނދާން ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިފަދަ އީދު ދުވަހެއްގައި އެބައިމީހުން އުޅޭ ދަތި ހާލު ދެނެގަނެ އެމީހުންނަށް ހެޔޮދުއާ ކުރުމަށް ނަސޭހަތްތެރިވިއެވެ.

އީދުގެ ފަހުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މާތް ކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނެފައިވަނީ ހަ ރޯދަ ހިފާ މީހަކަށް މުޅި އަހަރު ދުވަހު ރޯދަހިފުން ފަދަ ކަމަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ