28 ޖުލައި 2017 | ހުކުރު | ފުސް 14

އެމްއީއެސްސީ ރަމަޟާން ކަޕް 1438 ގެ ފައިނަލުގައި ކަންމަތީ ބުރު އަދި ކްލަބް ރެވެންޖާސް

  • މިއީ މި މުބާރާތް ބާއްވަމުން އަންނަތާ 11 ވަނަ ފަހަރު
  • މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ

| | | AbdhullahZiyan | |



ޓީމް ކަންމަތީ ބުރު -- ފޮޓޯ:ރާއްޖެ އެމްވީ

ގދ.ދާންދޫގައި، މިއުސިކް އެޑިފިކޭޝަން އެންމެޑް ސްޕޯޓްސް ކްލަބް (އެމްއީއެސްސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޝާން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަންމަތި ބުރު އަދި ކްލަބް ރިވެންޖާސް ދަތުރުކޮށްފިއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތެ ފައިނަލުން ކްލަބް ރިވެންޖާސް ޖާގަ ހޯދީ ސެމީ ފައިނަލުގައި ޕްރޮގްރެސިވް ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-2ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ކަންމަތީ ބުރު ފައިނަލުން ޖާގަ ހޯދީ ސެމީގައި ޕީއެޗްއެމް ހަންޑަހާގެ މައްޗަށް 5-3ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުޅި ގދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ދާންދޫ ޒުވާނުންނަށް ފުޓުބޯޅައިން ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ސިލްސިލާކޮށް މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 11 ވަނަ ފަހަރެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިތުރު ޢީދު ދުވަހުގެރޭ 21:30 ގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ