23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރަމަޟާން 1438

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

 • މެލަން ކިލޯ އެއް އުޅެނީ 45ރ. އަށް
 • ކަރާ ވިއްކާ ފަރާތްތައް މަދު
 • ލެޓިއުސްގެ އަގު ދަށަށް ހިނގައްޖެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ޖޫން 2017 | ބުދަ 11:25 | |

މަގުބޫލް

 1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
 2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
 3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
 5. ފީފާއިން ވިކްޓްރީގެ ތިން ޕޮއިންޓް ކަނޑާލައިފި
 6. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
 7. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
 8. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި


ލޯކަލް މާރުކޭޓުގައި ބޮޑުކެކުރީގެ ވައްތަރުތައް ވިއްކަން ބަހައްޓާފައި -- ރާއްޖެއެމްވީ

މާރުކޭޓުގައި ގިނަ ވިޔަފާރިވެރިން އަންނަނީ ބޮޑުކެކުރީގެ ވައްތަރުތައް ބާވަތްތައް ވިއްކަމުންނެވެ. ބޮޑުކެކުރީގެ ވައްތަރުތައް އަގު މިހާރު މާރުކޭޓުގައި އުޅެނީ، ކިލޯއެއް 45ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މާރުކޭޓުގައި މެލަން އެންމެ ގިނައިން ލިބެން ހުރީ، ތޮއްޑޫ އާއި ކެލާ އާއި ހޯރަފުށީންނެވެ. މެލަންގެ ޑިމާންޑް ބޮޑު ކަމަށާއި ދުވާލަކު ގާތްގަނޑަކަށް 20 ކިލޯ ވިއްކާލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ރަމަޟާން މަސް ފެށިގެން މިހާ ހިސާބަށް އައިއިރު މެލަންގެ އަގަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް މަސް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ވިއްކާ ފަރާތްތައް މަދުވެފައިވާ އިރު، ކަރާ ލިބުން ދަތިވެފައި ވަނީ، ތޮއްޑޫ އިން ކަރާ ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ކަރާ ވިއްކާ ފަރާތްތަކުން ބުނެ އެވެ. ތޮއްޑޫއަކީ ކަރާ އެންމެ ގިނައިން އުފައްދާ ރަށެވެ. ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ، 45ރ. އާއި 50ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު އުފުލުނު ނަމަވެސް ކަރާގެ ޑިމާންޑަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ލިބުމަށް ދަތިވެފައި ވަނީ، ވިއްސާރަ ވުމުގެ ސަބަބުން، ތޮއްޑޫ ކަރާ ދަނޑުތައް ހަލާކުވެ، ތޮއްޑޫ ކަރާ ވެޔޮތަކަށް ބަލިޖެހި ކަރާތައް ހަލާކުވުމުގެ ސަަބަބުންނެވެ. ކަރާއަށް ޖެހޭ ބަލީގެ ސަބަބުން، ކަރާތައް އަވަހަށް އަލާކުވެގެންދެ އެވެ. ތޮއްޑޫގައި ކަރާ ހައްދާ 99 ދަނޑުވެރިންގެ ކަރާ ވެޔޮތަކަށް މި ބަލި ޖެހިފައިވާ ކަމަށް ތޮއްޑޫ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކަރާގެ އަގުތައް ރަމަޟާން މަސް ފެށުނު އިރު ހުރީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކަރާގެ އަގު 15ރ. އަށް ވެސް ދަށަށް ދިޔަ އެވެ. އެހެން ނަމަވެސް ކަރާގެ އަގު އަނެއްކާ ވެސް ވަނީ އުފުލިފަ އެވެ.

މާރުކޭޓުގައި ފަތުގެ ބާވަތްތަކަކީ ވެސް، ވަރަށް ގިނަ ފަރާތްތަކުން ގަންނަ ބާވަތްތަކެކެވެ. އެގޮތުން ލެޓިއުސްގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ، 80ރ. އަށެވެ. މީގެ ކުރިން މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު އުޅުނީ 150ރ. އަށެވެ. ކުއްޅަފިލާ ފަތް ބޮޑި އެއް 10ރ. އަށް ހުރި އިރު ކޮޕީ ފަތް އުޅެނީ ތިން ފަތް ބޮޑިއެއް 20ރ. އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް