21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރޫނާ ބޭގަމް މަރުވުން

ބޯ ދުޅަވުމުގެ ވުމުގެ ސަބަބުން މީޑިއާގެ ސަމާލު ކަމަށް އައި ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ

  • މަރުވި އިރު އުމުރަކީ ފަސް އަހަރު
ރާއްޖެ އެމްވީ | raajje.mv

| 20 ޖޫން 2017 | އަންގާރަ 17:11 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


އާދަޔާ ޚިލާފަށް ބޯ ދުޅަވުމުގެ ސަބަބުން ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައި ރޫނާ މަރުވީ ކުއްލި ގޮތަކަށް -- އޭއެފްޕީ

މަދުން ނޫނީ ދިމާ ނުވާ ހާލަތަކާ ހެދި އާދަޔާ ޚިލާފަށް ބޯ ދުޅަވުމުގެ ސަބަބުން ބައިނަލް އަގްވާމީ މީޑިއާގެ ސަމާލު ކަމަށް އައި އިންޑިއާގެ އަންހެންކުއްޖާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޭއެފްޕީން ބުނީ ރޫނާ ބޭގަމް ނަމަކަށް ކިޔާ މިކުއްޖާގެ މަރުވީ އާދިއްތަ ދުވަހު ކަމަށާއި، މަރުވީ އޭނާގެ ވިލެޖުގައި، އާއިލާ ދިރިއުޅޭ ގޭގައި ކަމަށެވެ.

ކުއްޖާގެ މަންމަ ބުނީ އޭނާ މަރުވީ ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރު ވަމުން ދަނިކޮށް ކަމަށެވެ.

ޑޮކްޓާރުން ބުނާ ގޮތުގައި ރޫނާ ބޭގަމް އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައަކީ "ހައިޑްރޯސެފަލަސް" އެވެ. މިހެން ދިމާވުމުން ސިކުނޑީގައި ފުލުއިޑް ޖަމާވަނީ އެވެ. ޖަމާވާ ފުލުއިޑްގެ ސަބަބުން ބޯ ދުޅަވަނީ އެވެ. ސިކުނޑީގައި ފުލުއިޑް ޖަމާ ވުމުގެ ސަބަބުން އެ ކުއްޖާގެ ބޮލުގެ ވަށަމިނުގައި 94 ސެންޓިމީޓަރު ހުންނަ ވަރަށް ބޮޑުވިއެވެ. މިއީ ބޮލުގެ އާއްމު ވަށަމިނަށްވުރެ ދެގުނަ ބޮޑު ސައިޒެކެވެ.

އާދަޔާ ޚިލާފް ސިއްހީ ހާލަތެއް ކުރިމަތިވި ކުއްޖެއްގެ ގޮތުގައި ބައިނަލް އަގްވާމީ މީޑިއާގެ ސަމާލު ކަމަށް ރޫނާ ބޭގަމް އައި ހިސާބުން، އޭނާގެ އޮޕަރޭޝަންތައް ހިލޭ އިންޑިއާގެ ހޮސްޕިޓަލަކުން ކޮށްދިނުމަށް ނިންމިއެވެ. މިގޮތުން އިންޑިއާގެ ދިއްލީގެ ފޯޓިސް ހޮސްޕިޓަލުން އެ ކުއްޖާގެ ބޮލުގެ އެތައް އޮޕަރޭޝަނެއް ކުރިއެވެ. އެ އޮޕަރޭޝަން ތަކުގެ ސަބަބުން އޭނާގެ ބޮލުގެ ވަށަމިން 58 ސެންޓިމީޓަރަށް ކުޑަވި ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޭއެފްޕީން ބުނެފައިވެއެވެ.

ރޫނާ ބޭގަމް މަރުވި އިރު އޭނާގެ އުމުރަކީ ފަސް އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް