23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އޮންބޯޑް.އެމްވީ

އޮންބޯޑް.އެމްވީ: ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްގެ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް

  • ހިދުމަތް ދޭ ފަރާތްތަކަށް ހިލޭ ރަޖިސްޓްރީކޮށް މައުލޫމާތު ހުށައެޅޭނެ
  • މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދުއްވާ ފެރީތަކުގެ މައުލޫމާތު ލިބެން ހުންނާނެ
ރިޒުނާ ޒަރީރު | RiznaZareer

| 20 ޖޫން 2017 | އަންގާރަ 16:04 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


އޮންބޯޑް.އެމްވީ ވެބްސައިޓް -- ގޫގުލް

ކަނޑު ދަތުރު ކުރާ މީހުނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ފޯރު ކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "އޮންބޯޑް.އެމްވީ" ގެ ރަސްމީ ވެބްސައިޓް ލޯންޗް ކޮށްފި އެވެ.

 

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެރީ ދަތުރު ކުރާ ގަޑިތަކާއި ތާވަލުކޮށްގެން ކުރާ އެހެން ދަތުރުތަކާއެކު ދަތުރުވެރިންނަށް އެންމެ ބޭނުންތެރި މައުލޫމާތުތައް އެ ވެބްސައިޓުން ލިބޭނެ އެވެ.

 

އެ ވެބްސައިޓްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އޮންބޯޑުން ބުނެފައި ވަނީ ރާއްޖެއަކީ ކަނޑު ދަތުރު ކުރުން އާންމު ގައުމެއް ނަމަވެސް ދަތުރުކުރާނެ މައުލޫމާތު ހޯދުން ދަތި ގައުމެއް ކަމަށެވެ.

 

އެހެންކަމުން އެ ވެބްސައިޓްގެ މަގުސަދަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ފަސޭހަވެ, މީހުންނާއި މުދާ ރާއްޖޭގެ އެއްތަނުން ދައުރުވާނެ މިންވަރު އިތުރުވާނެ މަގުފަހިކޮށްދިނުން ކަމުގައި އެ ނޫސް ބަޔާނުގައިވެއެވެ.

 

މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދުއްވާ ފެރީތަކުގެ މައުލޫމާތު ފުރިހަމައަށް ލިބެން ހުންނާނެއެވެ. ފެރީ ނުވަތަ ގަވައިދުން ދަތުރުކުރާއިރު ޖައްސާ ރަށްތަކާއި ދަތުރުކުރާ ދުވަސްތައް އަގު އަދި އޮޕަރޭޓްކުރާ ފަރާތަށް ގުޅާނެ ގޮތުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އޮންބޯޑުގެ ނޫސްބަޔާނުގައި ވެއެވެ.

 

ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދެމުން ގެންދާނީ އެންމެ ފުޅާ ދާއިރާގައި ފެރީ ހިދުމަތްތައް ދޭ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ފެރީ ތަކާ ގުޅިގެންކަމަށާއި ވެބްސައިޓުން ލިބޭ ހިދުމަތްތައް ކުރިއަށް ތަނުގައި ފުޅާވާނެ ކަމަށް އޮންބޯޑުން ބުނެއެވެ.

 

އެ ވެބްސައިޓް ގައި ދަތުރުގެ ހިދުމަތް ދޭ ފަރާތްތަކަށް ހިލޭ ރަޖިސްޓްރީކޮށް މައުލޫމާތު ހުށައެޅޭނެ އެވެ.

 

ދަތުރު ހިދުމަތް ދޭ ފަރާތްތަކަށް ކައިރި މުސަތަގްބަލެއްގައި ވެބްސައިޓް ގައި ރަޖިސްޓްރީކޮށް ދަތުރުތައް ނަގައި ކުއްޔަށް އުޅަނދު ނެގުން (ޗާޓާ ކުރުން) މަގުފަހި ވާނެ އޮންބޯޑުން ބުންޏެވެ.

 

ފިތުރު އީދުގައި ދަތުރުވެރިންނަށް ފަސޭހަ ކޮށްދޭން ހާއްސަ ސެގްމެންޓެއް މިދުވަސްވަރު ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ. އެއީ އީދު ބަންދާ ދިމާކޮށް މާލެއިން ބޭރަށް ދާން އެދޭ ފަރާތްތަކަށް ދެވޭނެ ތަންތަނާއި ދެވޭނެ ގޮތްތަށް ފަސޭހަކަމާއެކު ފޮރުކޮށްދިނުމަށްޓަކައި ކަމަށް އޮންބޯޑުން ވަނީ ބުނެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް