17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އުރީދޫ އިން ހިއްސާ ވިއްކުން

އުރީދޫ އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި

  • 8219 މީހުންނަށް ވަނީ ހިއްސާ ވިއްކާފަ
  • 14 މިލިއަން ހިއްސާ ވިއްކާފައިވޭ
  • ހިއްސާ ވިއްކުން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 ޖޫން 2017 | ހޯމަ 09:25 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އުރީދޫ މޯލްޑިވްސް އިން ހިއްސާ ވިއްކުން އިއުލާނުކުރުމުގެ ޖަލްސާ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އުރީދޫ މޯލްޑިވްސް އިން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި އެވެ.

އުރީދޫ އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެކުންފުނިން ހިއްސާ ގަތުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވާ އިރު، ހުށަހަޅާފައިވާ އެޕްލިކޭޝަންގެ ތެރެއިން، 8219 ހިއްސާދާރުންނަށް ހިއްސާ ވިއްކާފައިވާ ކަމަށެވެ. މި ހިއްސާދާރުންނަށް  14 މިލިއަން ހިއްސާ ވިއްކާފައިވާ ކަމަށް އުރީދޫން ބުންޏެވެ. އަދި ހިއްސާ ވިއްކައިގެން 421,346,100 (ހަތަރު ސަތޭކަ އެކާވީސް މިލިއަން ތިން ލައްކަ ސާޅީސް ހަ ހާސް އެއް ސަތޭކަ) ރުފިޔާ ލިބިފައި ވެއެވެ. މިއީ ދޫކުރެވިފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

އުރީދޫ އިން ހިއްސާ ވިއްކުން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ.

މި ލިސްޓް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ފޮނުވިފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 13ގެ ކުރިން ޑިޕޮސިޓް ރިކުއެސްޓެއް ފޮނުވުމަށް އެދިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީއިން ޑިޕޮސިޓް ރިކުއެސްޓް ލިބޭތާ ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހުއްދަ ދިނުމަށް ފަހު، ހުއްދަ ދީފައިވާ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީއަށް އަނބުރާ ހުށަހެޅޭނެ ކަމަށް އުރީދޫ އިން ހާމަކުރެ އެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އެކައުންޓުތަކަށް ހިއްސާ ޖަމާކުރަން އާންމުކޮށް އަންގައި އިއުލާނުކުރާތާ ރަސްމީ ބަންދު ނޫން ތިން ދުވަސް ތެރޭގައި ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ގަނެވިއްކަން ފެށުމަށް ހުޅުވާލެވޭނެ އެވެ.

މި ކަންކަން ކުރުމުގައި މޯލްޑިވްސް ސެކިއުރިޓި ޑިޕޮސިޓަރީ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއެކު ވަރަށް ގާތުން މަސައްކަތްކުރާ ކަމަށް އުރީދޫ އިން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް