11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

މޯލްޑިވް ގޭސް

މޯލްޑިވްސް ގޭސްއިން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފި

  • މި ޕްލާންޓާއި އެކު ޚިދުމަތް އަވަސްވެގެންދާނެ
  • ކޮންވޭޔަރ ސިސްޓަމެއްވެސް ވަނީ ޤާއިމްކޮށްފަ

| 18 ޖޫން 2017 | އާދީއްތަ 01:46 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


މޯލްޑިވްސް ގޭސް ގެ ފަރާތުން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ތައާރަފްކުރުން -- ރާއްޖެއެމްވީ

މޯލްޑިވް ގޭސް ގެ ފަރާތުން އޮޓަމެޓިކް ގޭސް ފިލިންގް ޕްލާންޓެއް ގާއިމްކޮށްފިއެވެ.

މި ޕްލާންޓް ތަޢާރުފުކުރުމަށް ހޮނިހިރު ދުވަހުގެރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫން ވިދާޅުވީ، 2013 ވަނަ އަހަރު އެތާގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ ގޭސް ފުޅިތައް އުކާލާ މަންޒަރު ކަމަށާއި މި ކަންތައްތައް ވެގެން ދިޔައީ އޭނާގެ ޟަމީރަށް ޤަބޫލުކުރަން ދަތިކަމެއްގެ ގޮތުގައެވެ.

މައުމޫން އިތުރަށް ވިދާޅުވީ އެދުވަހުން ފެށިގެން މެނޭޖްމަންޓުން އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމެއް ޤާއިމުކުރަން ނިންމިކަމަށާއި އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމް ޤާއިމުކުރެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މި އޮޓަމެޓިކް ގޭސް ފިލިންގް ސިސްޓަމްގެ ސަބަބުން ކުރިން 4 ގަޑިއިރުން ކުރަމުން އައި މަސައްކަތް މިހާރު 1 ގަޑިއިރު ތެރޭގައި ނިންމާލެވޭ ކަމަށާއި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ދެމުން ގެންދާ ޚިދުމަތްތައް އަވަސް ސްޕީޑެއްގައި ދިނުން ކަމަށެވެ.

މޯލްޑިވްސް ގޭހުން ފުޅިއަށް ގޭސް އެޅުމުގެ މަސައްކަތް ކުރިން މެނުއަލްކޮށް ކުރަމުން ގެންދިޔަ ނަމަވެސް، މި ޕްލާންޓްގެ އެހީގައި ފުޅިތަކަށް އޮޓަމެޓިކުން ގޭސް އެޅުމުގެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

މި ޕްލާންޓްގެ އިތުރުން މޯލްޑިވްސް ގޭސް ގެ ފަރާތުން ވަނީ އެ ކުންފުނީގެ ތިލަފުށީ ސައިޓުގައި ކޮންވޭޔަރ ސިސްޓަމެއްވެސް ޤާއިމުކޮށްފައެވެ. މި ސިސްޓަމްގެ ސަބުބުން ގޭސްފުޅިތައް ޑިސްޓިބިޔުޝަން ޔުނިޓްގެ ތެރެއިން ދޯންޏާ ހަމައަށް ފޯރުކުރެވިގެންދެއެވެ.

މި ޚިދުމަތް ތަޢާރުފު ކުރުމަށް ހޮނިހިރު ދުވަހުގެރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް