18 އޭޕުރިލް 2019 | ބުރާސްފަތި | 12 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ފްރެންޗް ފްރައިޒް

ފްރެންޗް ފްރައިޒް ކަންޏާ އަވަހަށް މަރުވެދާނެ: ސައިންސްވެރިން

  • ތެލުލި އަލުވީގައި ޓްރާންސް ފެޓް މަތީ މިންވަރަކަށް އެކުލެވޭ
ރާއްޖެ އެމްވީ | raajje.mv

| 17 ޖޫން 2017 | ހޮނިހިރު 00:40 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  3. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  6. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  7. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި
  8. ލިކަމެކް ނައިޓް މާކެޓް ހުޅުވައިފި


ފްރެންޗް ފްރައިޒް - ގިނަ ބަޔަކަށް މީރު ކާނާއެއް، ސައިންސްވެރިން ބުނަނީ އެއީ ރަނގަޅު އެއްޗެއް ނޫން ކަމަށް -- ގޫގުލް

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި، ފްރެންޗް ފްރައިޒް ކެއުމަކީ އަވަހަށް މަރުވުމަށް މަގުފަހިވާ ކަމެއް ކަމަށް ބުނެފިއެވެ.

ދިރާސާގައި ބުނެފައިވަނީ ހަފްތާއަކު ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ފްރެންޗް ފްރައިޒް ކާމީހުން ފްރައިޒް އެއްގޮތަކަށްވެސް ނުކާ މީހުންނާ އަޅާބަލާއިރު އަވަހަށް މަރުވުމުގެ ފުރަސަތު ދެގުނަ ބޮޑެވެ.

މި ދިރާސާގައި ބައިވެރިވި ޓީމުން ބުނެފައިވަނީ، އަލުވި ކެއުމުގައި ރައްކާތެރި ގޮތަކީ ތެލު ނުލާ ކެއުން ކަމަށާއި، އެނޫން ގޮތަކަށް އަލުވި ތައްޔާރު ކޮށްގެން އަލުވި ބޭނުން ކުރާނަމަ ފުރާނައަށް ނުރައްކާ ވުމުގެ ރިސްކު ކުޑަ ކަމަށެވެ.

ތެލުލި އަލުވީގައި އުފެދޭ ނުރައްކާތެރި މާއްދާއަކީ "ޓްރާސް ފެޓްސް" އެވެ. އަދި ޓްރާސް ފެޓްސްގެ ސަބަބުން "އޮސްޓިއޯއާތްރައިޓިސް" ޖެހުމަށް މަގުފަހިވާ ކަމަށްވެސް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޓްރާންސް ފެޓް ފްރެންޗް ފްރައިސްގައި އުފެދެނީ ކުކިން އޮއިލްގެ ސަބަބުން ކަމަށް ސައިންސްވެރިން ގަބޫލު ކުރާއިރު، ޓްރާސް ފެޓް އަކީ ލޭގެ ކޮލެސްޓްރޯލް މައްޗަށް ޖައްސާ، އަދި އޭގެ ސަބަބުން ހިތުގެ ބައްޔަށް މަގުފަހި ކުރާ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަނެއް މައްސަލައަކީ ފްރެންޗް ފްރައިޒްގެ ޒަރީއާއިން ހަށިގަނޑަށް ގިނަ މިންވަރަކަށް ލޮނު ވާސިލްވުމެވެ. އެއާއެކު ލޭގެ ސޯޑިއަމް ލެވެލް މަތިވުމެވެ.

މި ދިރާސާއަށް ފާޑު ކިޔަމުން އެމެރިކާގެ ނޭޝަނަލް ޕޮޓައިޓޯ ކައުންސިލްގެ ސީއީއޯ ޖޯން ކީލިންގްސް ބުނެފައިވަނީ، އަލުވި އަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާ އެއް ކަމަށާއި މި ދިރާސާގެ މައްސަލައަކީ ދިރާސާ ފޯކަސް ކޮށްފައިވަނީ ހަމައެކަނި އާތްރައިޓިސް ބަލީގައި އުޅޭ މީހުންނަށް ކަމުގައި ވުމެވެ. އޭނާ ބުނީ އަލުވީގައި ކޮލެސްޓްރޯލް އެކުލެވިފައި ނުވާ ކަމަށާއި، ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީ އަލުވީގައި އެކުލެވިފައިވާ ކަމަށެވެ. އެއާއެކު ދޮންކޭލަށްވުރެ މަތީ މިންވަރަކަށް އަލުވީގައި ޕޮޓޭސިއަމް އެކުލެވިފައިވާ ކަމަށްވެސް ކީލިންގްސް ފާހަގަ ކުރިއެވެ. އެހެން ކަމުން އަލުވި އެއީ ސިއްހަތައް ފައިދާ ހުރި ކާނާއެއް ކަމަށް އޭނާ ބުންޏެވެ.

ކާނާއާ ބެހޭ ތަޖްރިބާކާރުން ބުނާ ގޮތުގައި އަލުވި ކަހަލަ މަތީ މިންވަރަކަށް ސްޓާޗް އެކުލެވޭ ކާނާ ކެއުމުގައި ބޭނުން ކުރަން ރަނގަޅީ ފެނު ކައްކައިގެން ނުވަތަ އާވިން ކައްކައިގެންނެވެ. އެއީ ތެލުލުމުން އަލުވީގައި މައްޗަށް ދާ ކަމަށް ބެލޭ "އެކްރިލަމައިޑް" ގެ މިންވަރު ދައްކުރުމުގެ ގޮތުންނެވެ. އެކްރިލަމައިޑްއަކީ ކެންސަރު ޖައްސާ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަލުވި ރައްކާކުރަން އައިސް އަލަމާރިއަށް ނުލުމަށް ކާނާއާބެހޭ ތަޖްރިބާކާރުން ލަފާ ދެނީވެސް އެކްރިލަމައިޑް ގެ މިންވަރު މައްޗަށް ދިޔަ ނުދިނުމުގެ ގޮތުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް