12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

އުރީދޫގެ ހިއްސާ ވިއްކުން

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

  • ހިއްސާ ވިއްކުން ބަންދުކޮށް، ވިއްކި ހިއްސާ މިހާރު ދަނީ އެކަށައެޅުމުގެ މަސައްކަތް ކުރަމުން
  • އުރީދޫގެ ހިއްސާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި
އަމިނަތް ނުޒުހާ | Nuzuha

| 16 ޖޫން 2017 | ހުކުރު 11:47 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް -- އުރީދޫ

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުނީގެ ފަރާތުން، އެކުންފުނީގެ ހިއްސާ އާންމުންނަށް ފުރަތަމަ ފަހަރަށް ވިއްކުމަށް ފަހު، އެ ހިއްސާ އެކަށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހިއްސާ އެކަށައެޅުމަށް ފަހު އާދީއްތަ ދުވަހު އެކަން އިއުލާނުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 

 އުރީދޫން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު 29 މެއި 2017 ގައި ނިމިފައިވުމާ އެކު، ހިއްސާ އެކަށައެޅުމުގެ މަސައްކަތް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީއާ އެކު ވަރަށް ގާތުން ކުރަމުންގެންދާ ކަމަށެވެ.

 

އެގޮތުން ޙިއްޞާ ގަތުމުގެ މުއްދަތު ނިމޭތާ ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި، ޙިއްސާ އެކަށައަޅައި އެކަން އާންމުކޮށް އިޢުލާނުކުރާނެ ކަމަށް އުރީދޫން ހާމަކުރެއެވެ. އެމުއްދަތު ހަމަވާނީ މިއަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

 

އުރީދޫގެ އައި.ޕީ.އޯއަށް ލިބިފައިވާ  އެއްބާރުލުމާއި ތަރުޙީބުގެ ސަބަބުން، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހުޅުވާލެވުނު އައިޕީއޯތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓް ލިބިފައިވާ އައިޕީއޯކަން ފާހަގަކޮށް އެކުންފުނިން ވަނީ އުރީދޫގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރުއަދާކޮށްފައެވެ. އަދި އެ ކުންފުނީގެ އާ ޙިއްޞާދާރުންނަށް ހޫނު މަރުހަބާއެއް ކިޔާކަމަށް އެކުންފުނިން ބުންޏެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް