18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރަމަޟާން 1438

މިރުސް ކިލޯއެއް އަގު 800ރ. އިން 250ރ. އަށް ތިރިވެއްޖެ!

  • ރޯދަ މަސް ފެށުނު އިރު މިރުސްކިލޯއެއް ވަނީ 800ރ. އާއި 700ރ. އަށް އަރާފަ
  • މިހާރު މާރުކޭޓުގައި ލިބެންހުރީ 230ރ އިން 300ރ. އާ ދެމދުގެ އަގުތައް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ޖޫން 2017 | ބުރާސްފަތި 14:02 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މާރުކޭޓުގައި މިރުސް ބެހެއްޓިފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މިރުހުގެ އަގު ވަރަށް ބޮޑުތަން ހެޔޮވެއްޖެ އެވެ.

ލޯކަލް މާރުކޭޓުގައި މިރުސް ކިލޯއެއްގެ އަގު އުޅެނީ، 250ރ. އާއި 300ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެގޮތުން 100 ގްރާމު އުޅެނީ، 30ރ. އާއި 40ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި މިރުސް އެންމެ ގިނައިން ލިބެން ހުރީ ކެންދިކުޅުދޫ މިރުހެވެ. ކުރިން ލ. އަތޮޅުން މިރުސް ލިބެން ހުރި ނަމަވެސް މިހާރު ލ. އަތޮޅުން މިރުސް ނުލިބޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މިރުހުގެ އަގު ދަށަށް ޖެހިފައިވާ އިރު، ރަމަޟާން މަސް ފެށުނު އިރު މިރުސް ކިލޯއެއްގެ އަގު އުޅުނީ 800ރ. އާއި 700ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިރުހުގެ އަގު ހެޔޮވެގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މިރުހުގެ އަގު ވަރަށް ބޮޑުތަން ހެޔޮވެފައިވާ އިރު ކަރާ އަދި ފަތުގެ ބާވަތްތަކުގެ އަގުތައް އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކަށް ބުނެ އެވެ.

ކަރާ ކިލޯއެއްގެ އަގު 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު، ކޮޕީ ފަތް ބޮޑިއެއްގެ އަގު އުޅެނީ، 20ރ. އާއި 25ރ. އާ ދެމެދުގަ އެވެ.

މަސްމާރުކޭޓުގައި ކަނޑު މަސް ކިލޯއެއްގެ އަގު އުޅެނީ، 30ރ. އާއި 40ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް