22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ފްރެޝް ސިޓީ

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

  • ފްރެޝް ސިޓީގެ އިތުރު ފިހާރައެއް ފޭދޫގައިވެސް ހުރޭ
  • މިއީ ހިތަދޫގައި ތަރުކާރީއާއި މޭވާއަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ފިހާރަ
ރިޒުނާ ޒަރީރު | RiznaZareer

| 14 ޖޫން 2017 | ބުދަ 23:36 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ހިތަދޫގައި ހުޅުވި ފްރެޝް ސިޓީ -- ރާއްޖެއެމްވީ

ހަމައެކަނި މޭވާ އާއި ތަރުކާރީގެ ބާވަތްތަކަށް ހާއްސަ ފިހާރައެއް އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވައިފި އެވެ.

 

"ފްރެޝް ސިޓީ" ގެ ނަމުގައި ހުޅުވާފައިވާ މި ފިހާރަ ހުންނަނީ ހިތަދޫގެ ގާޒީ މަގުގައި  ޓޫވޭވް ފިހާރަ ކުރިމަތީގައެވެ. އެ ފިހާރައިން ބުނީ ތާޒާ މޭވާ އާއި ތަރުކާރީގެ ވަރަށް ގިނަ ބާވަތްތަކެއް، އަތްފޯރާ ފަށުގައި ގަންނަން ލިބޭނެ ކަމަށެވެ.

 

އެތަނުން ވިއްކާ ބާވަތްތަކުގެ ތެރޭގައި ރާއްޖޭގައި ހައްދާ ބާވަތްތަކާއި ރާއްޖޭން ބޭރުން އިމްޕޯޓް ކުރާ ބާވަތްތައް ވެސް ހިމެނެ އެވެ.

"ފްރެޝް ސިޓީ"ގެ ވެރި ފަރާތުން ބުނީ މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހުޅުވުމުން، އެ ބާވަތްތައް ތާޒާކޮށް ހޯދަން ބޭނުންވާ އާންމު ރައްޔިތުންނަށާއި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން ހިންގާ މީހުންނަށް ވެސް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. އެތަނުން ބުނީ އަމާޒަކީ އަބަދު ވެސް ބާވަތްތައް ހުސްނުވާނެހެން ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށް ދިނުން ކަމަށެވެ.

 

މީގެ ކުރިން ވަނީ ފްރެޝް ސިޓީގެ އިތުރު ފިހާރައެއް ފޭދޫގައިވެސް ހުޅުވާފައެވެ.  އެއީވެސް ހަމައެކަނި ތަރުކާރީ އާއި މޭވާ އަށް ހާއްސަ ފިހާރައެކެވެ. "ފްރެޝް ސިޓީ" ގެ ނަމުގައި ހުޅުވާފައިވާ މި ފިހާރަ ހުންނަނީ ފޭދޫ ބޮޑު މަގުގައި ފޭދޫ ސްކޫލް ކައިރީގަ އެވެ.

މި ފިހާރަ ހުޅުވުމުގެ ސަބަބުން ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގެ ވިޔަފާރިވެރިންނާއި އާންމުންނަށް ތާޒާ މޭވާއާއި ތަރުކާރީ ލިބުމުގައި ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

 

ފްރެޝް ސިޓީއަކީ ހިތަދޫގައި ތަރުކާރީއާއި މޭވާއަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ފިހާރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް