19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލުން ގުޅިފައިވާ ދެބެން

ބޮލުގެ މެދުން ގުޅިފައި ތިބި ދެ ކުދިން ވަކި ކޮށްފި

  • އޮޕަރޭޝަނަށް 11 ގަޑީއިރު ހޭދަވި

| 14 ޖޫން 2017 | ބުދަ 21:57 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އުފަންވި އިރު ބޮލުގެ މެދުން ގުޅިފައި ތިބި ދެ އަންހެން ކުދިން -- އޭޕީ

ބޮލުގެ މެދުން އުފަންވި އިރު ގުޅިފައި ތިބި ދެ އަންހެން ކުދިން ތިރީސް ޑޮކްޓަރުން ހިމެނެނު ޓީމަކުން ވަކިކޮށްފިއެވެ.

މި ދެކުދިންގެ އޮޕަރޭޝަން ކުރީ އެމެރިކާގެ ޕެންސެލްވީނިއާގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައެވެ.

މި ދެކުދިން އުފަންވި އިރު ބޮލުގެ މެދުން ނާށިގަނޑު ގުޅިފައި ހުރުމުގެ އިތުރުން ލޭނާރުތަކާއި، ސިކުނޑީގެ ވަށައިގެން ލެވިފައިވާ ހިމާޔަތުގެ ލޭޔަރުވެސް ހުރީ ގުޅިފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މި ދެކުދިން ވަކި ކުރި އޮޕަރޭޝަނަށް އެގާރަ ގަޑީއިރު ހޭދަވެފައި ވެއެވެ.

އުމުރުން އަދި ދިހަ މަހުގެ އެރިން އާއި އެބީ މިހާރު ވަނީ އޮޕަރޭޝަނަށް ފަހު އިންޓެންސިވް ކެއަރ ޔުނިޓަށް ބަދަލު ކޮށްފައެވެ. މިއީ ދެކުދިން އުފަންވި ފަހުން ވަކި ދެ އެނދުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ދެކުދިން އުފަންވީ ދުވަސް ނުފުރާ ސި×ޒޭރިއަން ސެކްޝަން ހަދައިގެން ކަމަށް ޚަބަރުތަކުގައި ވެއެވެ.

ހޮސްފިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުން މި ބާވަތުގެ ތޭވީސް އޮޕަރޭޝަން ފާއިތުވި ފަސްދޮޅަސް އަހަރުގެ ތެރޭގައި މީގެ ކުރިން އެ ހޮސްޕިޓަލުގައި ޑޮކްޓަރުން ކޮށްފައިވާ ކަމަށާއި ނަމަވެސް މިއީ ބޮލުގެ މެދުން ގުޅިފައި ތިބި ދެކުދިން ވަކި ކުރުމަށް އޮޕަރޭޝަން ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އޮޕަރޭޝަން ކުރީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.

ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުރި ޕްލާސްޓިކް ސާޖަން ޑރ. ޖެސީ ޓޭލަރ ބުނެފައިވަނީ އެއްމާބަނޑު ދެބެން ވަކި ކުރުމަށް ކުރެވޭ އޮޕަރޭޝަން ތަކަކީ އުނދަގޫ ކަމެއް ކަމަށާއި، އަދި އޮޕަރޭޝަނަށް ފަހު ގަދަވާން ދުވަސް ނަގާ ކަމެއް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަން ކާމިޔާބުވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ދެކުދިންގެ ހާލުވެސް އަންނަނީ ރަނގަޅު ވަމުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް