20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އެއަރ އިންޑިއާ

އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

  • އެއަރ އިންޑިއާގެ ދަރަނި ފަންސްހާސް ކުރޯޑު ރުޕީސް އަށް އަރާ
ރާއްޖެ އެމްވީ | raajje.mv

| 14 ޖޫން 2017 | ބުދަ 16:51 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


މަތިންދާ ބޯޓެއްގައި ފަސިންޖަރުންނަށް ދީފައިވާ ކާއެއްޗެހީގެ ފޮޓޯއެއް -- ގޫގުލް

ދަރަނި ބޮޑުވަމުން އަންނަ އެއަރ އިންޑިއާގެ ސަލާމަތް ކުރަން އެ އެއަރލައިންގެ އިންޓަނޭޝަނަލް ފްލައިޓް ތަކުން އިކޮނޮމީ ކްލާސް ފަސިންޖަރުންގެ މެނޫން ސެލަޑް ކަނޑާލަން ހުށަހަޅައިފިއެވެ.

މި ގޮތައް ހުށަހެޅީ، އެއަރ އިންޑިއާގެ ދަރަނި ބޮޑުވަމުން ދިއުމާއި ގުޅިގެން ދަރަނި ކުޑަކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަށް އެގްޒެކެޓިވް މުވައްޒަފުންނަށް ކުންފުނީގެ ސީއެމްޑީ އަޝްވާނީ ލޮހާނީ އެންގުމާ ގުޅިގެން ހުށަހެޅި ޚިޔާލުތަކުގެ ތެރޭގައެވެ.

އެއަރ އިންޑިއާއަކީ އިންޑިއާ ސަރުކާރުން ބޮޑު ހޭދަ އެއް ކުރަންޖެހިފައިވާ އަދި ދުވަހެއް ދުވަހަކަށް ޓެކްސް ފައިސާ އިތުރަށް ފަމްޕް ކުރަން ޖެހިފައިވާ އެއަރލައިން އެކެވެ.

އެއަރ އިންޑިއާގައި ކެބިން އިންޗާޖް އެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކު ބުނި ގޮތުގައި އިކޮނޮމީ ކުލާހުގެ ފަސިންޖަރުންގެ ތެރެއިން ސެލަޑް ކަނީ މަދު ބައެކެވެ. އެއީ ގާތްގަނޑަކަށް 20 އިން ސައްތަ މީހުންނެވެ. އެހެން ކަމުން އިކޮނޮމީ ކްލާހުގައި ކާންދޭއިރު ސެލަޑް ނުހިމަނަމާ ނަމަ ބޮޑު އެއްޗެއް ޚަރަދުން ސަލާމަތް ކުރެވޭނެއެވެ.

އެއަރލައިން ތަކުން ޚަރަދު ކުޑަކުރުމަށް އަބަދުވެސް ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. އެގޮތުން ދާދި ފަހުން ޑޮމެސްޓިކް އެއަރލައިން އަކުން ވަނީ ކޮކްޕިޓްގެ ބޭރުގައި ދަމާފައި ހުންނަ ފޮތިގަނޑުގައި ބުޅި ނާޅުވާ ފޮތިގަނޑު ހަރުކުރާ ގޮތައް ނިންމާފައެވެ. އެހެން އެއަރލައިން އަކުންވަނީ ކެބިން ކުރޫންގެ ގޮތުގައި ހަމައެކަނި އަންހެނުން ބޯޓުގައި މަސައްކަތް ކުރާ ގޮތް ހަދާފައެވެ. މިފަދަ ފިޔަވަޅުތަކަކީ ބޯޓުގެ ބަރުދަން ލުއިކޮށް ތެލުގެ ޚަރަދު ކުޑަ ކުރުމުގެ ބޭނުމުގައި އަޅާ ފިޔަވަޅުތައް ކަމުގައި ވެއެވެ.

އެއަރ އިންޑިއާގެ ދަރަނީގެ އަދަދު ފަންސާސްހާސް ކުރޯޑު ރުޕީސް އަށް އަރާ ކަމަށް ނިއުސް އެއިޓީން އިން ރިޕޯޓުކޮށްފައިވެއެވެ. ސަރުކާރުން ގެންދަނީ ދަރަނީގެ މިންވަރު ކުޑަކުރެވޭނެ ގޮތްތައް ބަލަމުންނެވެ. މީގެ ތެރޭގައި އެއަރލައިން ޕްރައިވެޓައިސް ކުރުމުގެ ވިސްނުންވެސް އިންޑިއާ ސަރުކާރުން ވިސްނާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް