24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އެލެއިން ރޮބަޓް

ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

  • ރޮބަޓް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 100 ށް ވުރެ ގިނަ އުސް އިމާރާތްތަކަށް ހުސްއަތާ އަރާފަ
ރާއްޖެ އެމްވީ | raajje.mv

| 14 ޖޫން 2017 | ބުދަ 00:56 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އެލައިން ރޮބަޓް މަޝްހޫރު ވެފައިވަނީ އާލާތެއް ބޭނުން ނުކޮށް އުސް އިމާރާތްތަކަށް އަރާ މީހެއްގެ ގޮތުގައި -- ޔޫޓިއުބް

އުމުރުން 55 އަހަރުގެ ސްޕައިޑަމޭންގެ ނަމުން މަޝްހޫރުވެފައިވާ ފަރަންސޭސި ވިލާތުގެ އެލެއިން ރޮބަޓް ބަސެލޯނާގެ އުސް އިމާރާތަކަށް އަރާ މަންޒަރު ދުށް އެތައް ބަޔަކު ކޮސްވެއްޖެއެވެ.

ރޮބަޓް ހުސްއަތާ މި ދިޔަ ހޯމަ ދުވަހު އެރި މި އުސް އިމާރަތަކީ ބާސެލޯނާގެ މެއްލާ ބާސެލޯނާ ސްކައި ހޮޓެލްގެ އިމާރާތެވެ. ހޮޓަލުގެ ބޭރު ހަދާފައިވަނީ ބިއްލޫރިއާއި ސްޓީލުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކެއްގެ ސަތޭކަ އަށް ވުރެ ގިނަ އިމާރާތައް އެއްވެސް އާލާތެއްގެ އެހީ ނެތި ރޮބަޓް ވަނީ އަރާފައެވެ. މިގޮތުން ފާހަގަ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި ސެން ފްރެންސިސްކޯގެ ގޯލްޑަން ގޭޓް ބްރިޖް، ޑުބާއީގެ ބުރުޖް ޚަލީފާ، ފަރަންސޭސި ވިލާތުގެ އައިފިލް ޓަވަރ އަދި ސިޑްނީގެ އޮޕެރާ ހައުސް ފާހަގަ ކޮށްލެވެއެވެ.

ރޮބަޓް ބާސެލޯނާގެ މި އުސް އިމާރާތައް ހުސްއަތާ ރޮބަޓް އެރި އިރު އާޝޯޚުވެފައި ކުޅިބަލަން ތިބި އާއްމުންގެ އިތުރުން ފުލުހުންވެސް އެ ސަރަހައްދުގައި މަންޒަރު ބަލަން ތިއްބެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް