17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ދިވެހި އިންޝުއަރެންސް

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

  • މިސްކީމުން ތަންތަނަށް ލިބިދާނެ އެކިއެކި ގެއްލުންތަށް ފޫބެއްދޭނެ
  • ދިވެހި އިންޝުއަރެންސްއިން ވަނީ ލައިބިލިޓީގެ ޕްރޮޑަކްޓެއް ނެރެފައި
  • މުއައްޒަފުންނާއި ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުމަށް ބަދަލު ހޯދައިދެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 13 ޖޫން 2017 | އަންގާރަ 16:52 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ދިވެހި އިންޝުއަރެންސް ތަޢާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ޓްވިޓަރ

ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ޚާއްސަކޮށްގެން އިންޝުއަރެންސް ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފިއެވެ.

 

ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކުރި މި ޕްރޮޑަކްޓް ލޯންޗްކޮށްފައިވަނީ ސިޓީ ގާރޑަން ރެސްޓޯރެންޓްގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

އެކުންފުނިން ހާމަކުރި ގޮތުގައި މިއީ ކެފޭތަކާއި ރެސްޓޯރެންޓްތަށް އަދި ބޭރުގެ ފްރެންޗައިސް އައުޓްލެޓްސް ގިނަވަމުންދާ ދުވަސްވަރެއްގައި މިފަދަ ތަންތަނަށް ލިބިދާނެ އެކިއެކި ގެއްލުންތައް ފޫބެއްދުމަށްޓަކައި ތަޢާރަފްކުރި ސްކީމެއް ކަމަށެވެ.

 

ޤުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ތަނަށާއި ކައިރީގައިވާ އިމާރާތްތަކަށް ލިބިދާނެ ގެއްލުންތަކުގެ އިތުރުން ތަނުގެ މުއައްޒަފުންނާއި ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުމަށް މި ސްކީމުގެ ދަށުން ބަދަލު ހޯދައިދެވޭނެއެވެ.

 

އަދި ހަމަ އެގޮތަށް ވަށްކަމާއި ފައިސާގެ ގެއްލުމަކުން ވިޔަފާރީގެ ނަފާއަށް ކުރާ ގެއްލުންތަކަށްވެސް މި ސްކީމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންޝުއަރެންސްއިން ވަނީ ބުނެފައެވެ.

 

މި ސްކީމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން ދިވެހި އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީޤު ވިދާޅުވީ، މިފަދަ އިންޝުއަރެންސް ސްކީމެއް ތަޢާރަފް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުވަހެއް ދުވަހަކަށް ކެފޭ ރެސްޓޯރަންޓުގެ މާކެޓް ފުޅާވެ، ވިޔަފާރިތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާއެކު، މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުން މިބާވަތުގެ އިންޝުއަރެންސް ސްކީމަކަށް އެދެމުންދާތީ އެވެ. އެހެންކަމުން ކެފޭ ރެސްޓޯރެންޓް ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް އެއް ސްކީމެއްގެ ދަށުން ބަދަލު ހޯދައިދެވޭނެއެވެ.

 

ދިވެހި އިންޝުއަރެންސްއަކީ ދިވެހި ރާއްޖޭގެ އިންޝުއަރެންސް ދާއިރާއައް ވަރަށް ފަހުން ތަޢާރަފުވި ކުންފުންޏެވެ. ކެފޭއާއި ރެސްޓޯރެންޓްތަކަށް ޚާއްސަކޮށްގެން މި ނެރެނު ޕްރޮޑަކްޓްގެ އިތުރުން، މިދިޔަ މާރޗް މަހުގައިވެސް ދިވެހި އިންޝުއަރެންސްއިން ވަނީ މާކެޓަށް ލައިބިލިޓީގެ އިތުރު ދެ ޕްރޮޑަކްޓެއް ނެރެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް