21 ސެޕްޓެންބަރ 2018 | ހުކުރު | 02 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އުރީދޫ-ޔޫއެންޑީޕީ

އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި

  • ހުޅުމާލޭ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ވެސް ފަށައިފި
ރިޒުނާ ޒަރީރު | RiznaZareer

| 12 ޖޫން 2017 | ހޯމަ 23:10 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ގޫގުލް

ގައުމީ ތަރައްގީ އަށް މަސައްކަތް ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރުގަދަ ކުރުމަށާއި، އިޖްތިމާއީ އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި، އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އިން ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއް ޤާއިމްކޮށްފި އެވެ.

 

އުރީދޫ އާއި ޔޫއެންޑީޕީ އިން އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެ، މި ގުޅުން ރަސްމީކޮށް ފެށީ އާދިއްތަ ދުވަހު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

މިރަސްމިއްޔާތުގައި ވަނީ، އެޗްޑީސީ އާއި އެކު  ހުޅުމާލޭ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ވެސް ފަށާފަ އެވެ.

 

އުރީދޫން ބުނިގޮތުގައި ސްމާޓް ސިޓީޒް ޕްރޮޖެކްޓަކީ، އުފެއްދުންތެރި، ސްމާޓް ސޮލިއުޝަންތަކެއް މެދުވެރިކޮށް ދިރިރުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތެކެވެ. މިގޮތުން، މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ، ހުޅުމާލެ ސްމާޓް ސިޓީއެއް ގޮތުގައި ތަރައްޤީކުރަމުންދާއިރު، ތައާރަފްކުރެވޭ ހުރިހާ ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތަކަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ފޯރުކޮށްދެވޭ ޚިދުމަތްތަކެއްކަން ޔަގީންކުރުމާއި އެކު ކަމަށް އުރީދޫން ބުންޏެވެ.

 

މި ޕްރޮޖެކްޓްގެ ދަށުން މިއަހަރު ތެރޭގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގެ ދިރިއުޅޭ މީހުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކުރުމާއި، އަދި އޯޕަން ޑޭޓާ މެދުވެރިކޮށް ހުޅުމާލެ ތަރައްޤީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުންވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.

 

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީ އިންވަނީ މިދިޔަ އޭޕްރިލުމަހު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ސްމާޓް ސިޓީޒްގެ ހަރަކާތްތަކުގެ އިތުރުން، އަންހެނުން ބާރުވެރިކުރުމުގެ އިތުރުން، މޮބައިލް ޓެކޮނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، މި އެއްބަސްވުމުގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީން މަސައްކަތް ކުރާނެއެވެ.

 

އުރީދޫ އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބަސްވެފައިވާ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ ޖީއެސްއެމްއޭ ގައި ހިމެނޭ މޮބައިލް އޮޕަރޭޓަރ އެކެވެ. މިގޮތުން، ވަކިން ޚާއްޞަގޮތެއްގައި، ދެމެހެއްޓެނިވި ތަރަައްގީގެ ގޯލް 3 (ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން) ، ގޯލް 5 (މިންތީގެ ހަމަހަމަކަން) އަދި ގޯލް 9 (ސިނާއަތާއި، އާގޮތްތަކާއި، އުމްރާނީ ކުރިއެރުން) ހާސިލްކުރުމުގައި އެއްބާރުލުންދިނުމަށް އުރީދޫ މޯލްޑިވްސް އިންވަނީ އިސްނަގާފައެވެ.

 

މި އެމްއޯޔޫ އާއި އެކު، އިންސާނީ ތަރައްޤީ އާއި ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި، ކުރީއްސުރެ އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިގޮތުން، 2016 ވަނަ އަހަރު، މި ދެކުންފުނި ވަނީ މިޔަހެލި ނަމުގައި ރާއްޖޭގެ ފުރަތަމަ ސޯޝަލް އިނޮވޭޝަން ކޭމްޕް ހިންގާފައެވެ.

 

މި ޕްރޮގްރާމްގެ ދަށުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގައި ދިމާވާ އިޖުތިމާއީ ބައެއް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖޭގެ އެކިހިސާބުތަކުގައިވާ ޒުވާން ކުދިންގެ ހުށަހެޅުންތަކުގެ ތެރެއިން، ތިން ހުށަހެޅުން ތަރައްޤީކުރުމަށްޓަކައި ވަނީ ހޮވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް