23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

މީރާގެ އާމްދަނީ

މެއި މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

  • ޖީ.އެސް.ޓީއަށް 598.2 މިލިއަން ރުފިޔާ ލިބިފައިވޭ
  • އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ
  • އޭޕްރީލް މަހު، ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ
ރިޒުނާ ޒަރީރު | RiznaZareer

| 12 ޖޫން 2017 | ހޯމަ 22:58 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- ގޫގުލް

ފާއިތުވި މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

 

މީރާއިން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުގައިވާ ގޮތުން މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %49.0 ނުވަތަ 598.2 މިލިއަން ރުފިޔާ ކަމަށެވެ.

 

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް ގޮތުގައި ލިބުނު ފައިސާއެވެ. އެއީ 317.1 މިލިއަން ރުފިޔާއެވެ.  އޭގެ އިތުރުން ބީ.ޕީ.ޓީ ގެ ގޮތުގައި  72.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް ގެ ގޮތުގައި 63.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާރޖްގެ ގޮތުގައި 49.1 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

 

އޭގެ އިތުރުން މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިއީ 5.9 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުމުން ކަމަށް މީރާއިން ހާމަކޮށްފައި ވެއެވެ.

 

 މޭ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

 

 މިއަހަރުގެ އޭ ޕްރީލް މަހު، ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޫސަ

1 އަހަރު ކުރި

ތަން ގޮށްވާލާ ވަގުތު އަންނާނެ

0
0