20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ލޯކަލް މާރުކޭޓު

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

  • ފޯމްތައް ހުށަހަޅާނީ ޖުލައި 20 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް
ރިޒުނާ ޒަރީރު | RiznaZareer

| 12 ޖޫން 2017 | ހޯމަ 20:27 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މާލޭ ލޯކަލް މާރުކޭޓު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާ ތައް ކުއްޔަށް ދޫކުރަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

 

އެމިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އިތުރުން މާލޭ ބޮޑުތަކުރުފާނުމަގުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރެވޭ ތަންތަން ކަމަށެވެ.

 

އެގޮތުން ކުއްޔަށް ދޫކުރާ ތަނުގެ މަހު ކުއްޔަކީ މިއިން ކޮންމެ ތަނަކުންވެސް 2000 ރުފިޔާއަށް ކަމަށާއީ ކުއްޔަށް ދޫކުރެވޭނީ 1 އަހަރު ދުވަހަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

 

އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

 

މި ކަމަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެ ކަމަށާއި ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ، އެ ހުށަހަޅާތަނަކަށް އެއްފޯމު ކަމަށް ވަނީ ބުނެފައެވެ.

 

އަދި މިތަންތަން ދޫކުރެވޭނީވެސް ވަކި އުސޫލެއްގެ ދަށުން އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށް ކަމަށްވާއިރު ހުށަހަޅާ ފޯމްތަކަށް މާކްސް ދެވޭނެ ގޮތް މިހާރު ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް