19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކަށިކެޔޮގެ އަގު

ކަށިކެޔޮ ތަދު، ޑިމާންޑް އެހާ ބޮޑު

  • ކަށިކެޔޮ ވަކެއް އުޅެނީ 5ރ. އަށް
  • މާރުކޭޓުގައި ކަށިކެޔޮ ލިބެން ހުރީ ވަރަށް މަދުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ޖޫން 2017 | ހޯމަ 12:35 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ކާށިކެޔޮ ލިބެން ހުރީ ވަރަށް މަދުން -- ރާއްޖެއެމްވީ

ކަށިކެޔޮ އަކީ ދިވެހިންގެ ކެއިން ބުއިމުގައި ވަރަށް ކުރީއްސުރެވެސް ބޭނުން ކުރަމުން އަންނަ ބާވަތަކެވެ. އިހުޒަމާނުގައި ކަށިކެޔޮ އަކީ ދިވެހިންގެ ކެޔުމުގައި ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރާ ބާވަތަކަށް  ވީ ނަމަވެސް، މިއަދު ކަށިކެޔޮ ގިނައިން ބޭނުން ކުރާތަން ފެނިގެންދަނީ ހާއްސަ ދުވަސްތަކާއި ދިމާކޮށް، ދިވެހި ކެޔުންތައް ތައްޔާރު ކުރުމުގަ އެވެ.

ލޯކަލް މާރުކޭޓުގައި ކަށިކެޔޮ ވަކެއްގެ އަގު އުޅެނީ 5ރ. އަށެވެ. ކަށިކެޔޮ ގެނެސްގެން މާރުކޭޓުގައި ވިއްކާ ފަރާތްތަކުން ބުނީ، ކަށިގެ ހޯދުމަށް ވަރަށް އުނދަގޫ ކަމަށާއި އެހެން ނަމަވެސް ކަށިކެޔޮގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. ކަށިކެޔޮ މާރުކޭޓުގައި ވިއްކަނީވެސް ވަރަށް މަދު ވިޔަފާރިވެރިންނެވެ.

ލޯކަލް މާރުކޭޓުގައިވެސް ކަށިކެޔޮ ލިބެން ހުރީ، ވަރަށް މަދު ގޮޅިތަކަކުންނެވެ. ލ އަތޮޅުގެ އިސްދޫ އިން ކަށިކެޔޮ ގެނެސްގެން މާރުކޭޓުގައި  ވިއްކާ ފަރާތަކުން ބުނީ، މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން ކަށި ކެޔޮ ހޯދުމަށް ވަރަށް ބޮޑަށް އުނދަގޫ ކަމަށާއި އެހެން ނަމަވެސް ރަމަޟާން މަހާއި ދިމާކޮށް ކަށިކެޔޮގެ ޑިމާންޑްވެސް އުފުލިފައިވާ ކަމަށެވެ.

ކަށިކެޔޮގެ ތެރޭގައި ރާއްޖޭގެ އަމިއްލަ ކަށިކެޔޮ އާއި މެލޭޝިޔާގެ މުޑުވަކުން ރާއްޖޭގައި ހައްދާ ކަށިކެޔޮ ހުރެ އެވެ. އެގޮތުން ރާއްޖޭގެ ކަށިކެޔޮ ރަތްކުލައިގައި ހުންނަ އިރު، މެލޭޝިޔާގެ މުޑުވަކުން ހައްދާ ކަށިކެޔޮގެ އެތެރެ ހުންނަނީ ރީންދޫ ކުލައިގަ އެވެ.

އާއްމުކޮށް ގިނަ މީހުން ގަންނަން ބޭނުންވަނީ ރާއްޖޭގެ ކަށިކެޔޮ ކަމަށްވެސް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

 މާރުކޭޓުގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު، ކަރާގެ އަގު އުޅެނީ، 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކުރިއަށް އޮތްތަނުގައިވެސް ކަރާގެ އަގު އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ކޮޕީ ފަތުގެ ތިން ފތް ބޮނޑިއެއް 15ރ. އަށް ލިބެން ހުރި އިރު ކުއްޅަފިލާ ފަތް ބޮނޑިއެއްވެސް އުޅެނީ 15ރ. އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަށިކެޔޮ

2 އަހަރު ކުރިން

ކަށިކެޔޮ ގަންޑެއް ގަހެއްގައި އަޅައިފިޔާ މިކަންޑާލަނީ މުޅިގަސް ދެން ވާނީމިހެން

0
0