18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކުންމިން ފެއާ

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

 • ކުންމިން ފެއާ ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް
 • ފެއާގައި 8000 ބޫތު ބަހައްޓާ
 • ފެއާގައި ރާއްޖޭގެ ފަރާތުން ހަތަރު ކުންފުންޏަކުން ބައިވެރިވޭ
ސަހުބާން ފަހުމީ | sahubaan

| 12 ޖޫން 2017 | ހޯމަ 11:45 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ކުންމިން ފެއާގެ ތެެރއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ ނުވަތަ ކުންމިންގ ފެއަރ މިއަދު ފަށާފައިވާއިރު މި ފެއާގައި މިފަހަރު 86 ގައުމަކުން ބައިވެރިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

ކުންމިންގ ފެއަރއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤް ވިދާޅުވީ، މިފަހަރުގެ ކުންމިންގ ފެއަރގައި އިކޮނޮމިކް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ހަތަރު ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މިފަހަރުގެ ކުންމިން ފެއާގައި 4,000 ކުންފުންޏަކުން 8,000 ބޫތު މިފެއާގައި ވަނީ ބަހައްޓާފައެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މި ފެއާގައި ބައިވެރިވާ 41 ޕަސެންޓް ކުންފުންޏަކީ ޗައިނާއިން ބޭރުގެ ކުންފުނިތަކެވެ. އެގޮތުން މި ފެއާގައި ސައުތު އޭޝިއާގެ އަށް ގައުމަކުން ބައިވެރިވާއިރު ސައުތު އީސްޓް އޭޝިއާގެ 11 ގައުމަކުން ބައިވެރިވެއެވެ. އަދި ޗައިނާގެ 20 ޕްރޮވިންސްއަކުން މިފަހަރުގެ ކުންމިން ފެއާގައި ބައިވެރިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ކުންމިންގ ފެއާގައި ދިވެހިރާއްޖޭގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދާ ގޮތަށެވެ.

މިފަހަރުގެ ކުންމިން ފެއަރގައި ވެސް ދިވެހިރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް، ދުނިޔޭ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖެއިން މިދިޔަ އަހަރު ވެސް ކުންމިންގ ފެއާގައި ބައިވެރިވެފައި ވެއެވެ. މިދިޔަ އަހަރު ދިވެހިރާއްޖެއިން ކުންމިންގ ފެއަރގައި ބައިވެރިވެފައި ވަނި، ކަންޓްރީ އޮފް އޮނަރގެ ގޮތުގައެވެ. ޗައިނާގެ ޔުނާންސް ޕްރޮވިންސްގެ ކުންމިންގ ޑިއާންޗީ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ކުންމިންގ ފެއަރ ކުރިއަށްދާނީ، މި ހިނގާ ޖޫންމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް