26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރަމަޟާން 1438

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

  • ދޮންކެޔޮގެ އަގު އުޅެނީ، 3ރ. އިން ފެށިގެން 10ރ. އާ ދެމެދުގެ އަގުތަކެއްގައި
  • ކުރިއަށް އޮތްތަނުގައިވެސް އަގު ދަށަށްދާނެ
  • ކަރާގެ އަގު ވަނީ އުފުލިފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ޖޫން 2017 | އާދީއްތަ 17:21 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ދޮންކެޔޮގެ އަގުތައް ދަށަށް ދާނެ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ދޮންކޭލަކީ ރޯދަމަހު ވަރަށް ޑިމާންޑް ބޮޑު މޭވާއެކެވެ. 

މާރުކޭޓުގައި ދޮންކެޔޮ ލިބެން ހުރި އަގުތަކަށް ބަލާ އިރު، ބޮންތި ރަތްކެޔޮގެ އަގު 10ރ. އަށް ތިން ވަށް، 10ރ. އަށް 4 ވަކުގެ ރޭޓުން ލިބެ އެވެ. މާޅަސް ކެޔޮ ވަކެއް 10ރ. އަށް ދެ ވަށް ލިބެން ހުރި އިރު ފުސްކެޔޮ ވަކެއް އުޅެނީ، 3ރ. އާއި 4ރ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން، ސަންފާ ކެޔޮ ވަކެއް އުޅެނީ، 4ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި އެންމެ ގިނައީ ގދ މަޑަވެލެއްޔާއި ހއ. ކެލާގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ކާށިދޫ އިން ގެނެސްގެން ދޮންކޭލެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކޮންމެ ރަމަޟާން މަހަކުވެސް ދޮންކޭލަށް ވަރަށް ބޮޑު ޑިމާންޑެއް  އޮންނަ ކަމަށާއި އެހެން ނަމަވެސް މި ރަމަޟާން މަހުގައި ދޮންކެޔޮގެ ޑީމާންޑް ކޮންމެވެސް ވަރަކަށް ދަށް ވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ބާޒާރުގައި ދޮންކެޔޮ ލިބެން ހުރި މިންވަރު އިތުރުވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮވެގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ލިބެން ހުރި އަގުތަކަށް ބަލާ އިރު، ކަރާގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން ކަރާ ކިލޯއެއް އުޅެނީ، 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މާރުކޭޓުގައި،ފަތުގެ ބާވަތްތައް ލިބެން ހުރި މިންވަރު ގިނަވި ނަމަވެސް ފަތުގެ ބާވަތްތަކުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް