19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޯޓް އެންޑް ޑައިވް ޝޯވް

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

  • މިޝޯވް ބާއްވަނީ 2018 މާރޗު 21-22 ހުޅުމާލޭގައި
  • މިޝޯވްގައި 100 އަށް ވުރެ ގިނަ އުޅަނދު ދައްކާލުމަށް ބަހައްޓާފައި ހުންނާނެ
  • މިޝޯވްއަކީ މިގޮތަށް ބާއްވާ އެންމެ ފުރަތަމަ އިވެންޓް
ރިޒުނާ ޒަރީރު | RiznaZareer

| 11 ޖޫން 2017 | އާދީއްތަ 15:50 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން -- ޓްވިޓަރ

މޯލްޑިވްސް ގޭޓްއަވޭސްއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި ފަންސާހަށް ވުރެ ގިނަ ބައިނަލްއަގްވާމީ މީޑިއާ އާއި ޑައިވް އޮޕަރޭޓަރުން ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

 

ރާއްޖޭގައި ބާއްވާ މި ބޯޓް އެންޑް ޑައިވް ޝޯވްއަށް ހާއްސަކޮށްގެން ފަރުމާކުރާ ވަގުތީ މެރީނާއެއް ހުންނާނެ ކަމަށާއި އެގޮތުން 100 އަށް ވުރެ ގިނަ އުޅަނދު ދައްކާލުމަށް ބަހައްޓާފައި ހުންނަ ކަމަށް ގޭޓްވޭސްއިން ބުންޏެވެ.'

 

 އަންނަ އަހަރުގެ މާރޗު 21-22 ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޯޓް އެންޑް ޑައިވް ޝޯވްއަކީ މިގޮތަށް ބާއްވާ އެންމެ ފުރަތަމަ އިވެންޓް ކަމަށްވާއިރު، ސިންގަޕޯ ޔޮޓް އެންޑް ޑައިވް ޝޯވްއަށް ވުރެ ފެންވަރު ރަނގަޅުކޮށް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ގޭޓްއަވޭސްއިން ބުންޏެވެ.

 

ސިންގަޕޯ ޔޮޓް ޝޯވްގައި އެ ދާއިރާގެ އެންމެ މަތީ ފަންތީގެ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތާއި، ބޯޓް އޯނަރުންނާއި ދައުވަތު ދެވިގެން އަންނަ ފަރާތްތަކަށް ލަގްޒަރީކޮށް ފަރުމާކޮށްފައިވާ ޔޮޓް ފަހަރު ދައްކާލާ ތަޖްރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ.

 

މިއިވެންޓަކީ ހާއްސަކޮށް ދައުވަތުދީގެން މެރިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާނެ އިވެންޓަކަށްވެގެންދާއިރު، އެންމެ ފުރަތަމަ ބާއްވާ ޑައިވާ ސަމިޓްވެސް މި ޝޯވްގެ ތެރެއިން ކުރިއަށްދާނެއެވެ.

 

އެގޮތުން މިދާއިރާގެ ތަޖްރިބާކާރުންނާއި އެކު ރާއްޖޭގައި ޑައިވިން ޓުއަރިޒަމްއަށް އޮތް ފުރުޞަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ އެވެ.

 

އަދި ރާއްޖެއަކީ ބޯޓިން ޑެސްޑިނޭޝަންއެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މެރިން އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވާ ފޯރަމެއްވެސް ކުރިއަށްދާނެ އެވެ.

 

ދުބާއި ސިންގަޕޯ ފަދަ ތަންތަނަކީ އެގައުމުތަކުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އަމިއްލަ ބޯޓް ޝޯވްތަކެއް ބާއްވަމުންދާ ގައުމުތަކެއް ކަމަށްވާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓުއަރިޒަމް އޮތް އިރު ރާއްޖޭގައިވެސް އަމިއްލަ އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްއެއް ބޭއްވުން ރާއްޖެއަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ގޭޓްއަވޭސްއިން ބުންޏެވެ.

 

ސުކޫބާ ޑައިވިންއަށް ދުނިޔޭގައިވެސް އޮތް އެންމެ ރަނގަޅު ޑެސްޓިނޭޝަންއަކީ ރާއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް